ޝާހިދު ކަޕޫރު އޭނާގެ ބައްޕައަށް ކާރެއް ހަދިޔާކޮށްފި

ޝާހިދު ކަޕޫރު އޭނާގެ ބައްޕައާއެކު / ފޮޓޯ: އިންޓަނެޓް

ޝާހިދު ކަޕޫރު އޭނާގެ ބައްޕައާއެކު / ފޮޓޯ: އިންޓަނެޓް

ކުރީގެ އެކްޓަ ޕަންކަޖު ކަޕޫރު ދާދިފަހުން ވަނީ އޭނާގެ 60 ވަނަ އުފަންދުވަސް ފާހަގަ ކޮށްފައެވެ. އަދި އޭނާގެ ދަރިފުޅު އެކްޓަ ޝާހިދު ކަޕޫރު ވަނީ ބައްޕައަށް އެދުވަސް ވަކިން ހާއްސަ ދުވަހެއްގެ ގޮތުގަ ހެދުމަށް މަސައްކަތް ކޮށްފަ އެވެ.

ޕަންކަޖުގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގަ ޝާހިދު ވަނީ އޭނާގެ ބައްޕައަށް މާސިޑީސް ކާރެއް ހަދިޔާ ކޮށްފަ އެވެ.

ޕަންކަޖު ކަޕޫރު މީޑިޔާގަ ބުނެފަވަނީ މިއުފަންދުވަހަކީ މިހާތަނަށް އޭނާއަށް އެންމެ ޚާއްސަ އުފަންދުވަހުގެ ގޮތުގަ ބެލެވުނު އެއްދުވަސް ކަމަށެވެ. ސަބަބެއްކަމަށް އޭނާ ބުނީ މިފަހަރުގެ އުފަންދުވަސް ފާހަގަ ކުރުމަށް ޢާއިލާގެ ހުރިހާ އެންމެން އެއްވެފަވާތީއެވެ.

ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ޢާއިލާގެ ހުރިހާ މީހުން މިގޮތަށް އެއްވީތީ އެއެންމެންނާއެކު ހޭދަކުރެވުނު ވަގުތުތަކަކީ ވަރަށް ހިންހަމަޖެހުނު ވަގުތުތަކެއް ކަމަށް އޭނާ ބުނެފަވެއެވެ. ޕަންކަޖުގެ އަންހެނުން ސުޕްރިޔާ ޕަތަކް 153 ހަދިޔާ ދިންކަމަށްވެސް އޭނާ ހާމަކޮށްފަ ވެއެވެ.

ޕަންކަޖުގެ އުފަންދުވަހުގެ ޕާޓީ އަކީ ޕްރައިވެޓް ޕާޓީ އެކެވެ. ޢާއިލާގެ މެންބަރުންގެ އިތުރުން ގާތް ރައްޓެހިންގެ ތެރެއިން ވިދްޔާ ބާލަން ދިއާ މިރުޒާ ވިއްދޫ ވިނޯދް ޗޯޕްރާ ސުދީރު މިޝްރާ އަދި ވިވާން މިހަފްލާގަ ބައިވެރިވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top