ކެޓްރީނާ އަނަންތަރާގައި

Katrina-Manish-222-600x400.jpg

ކެޓްރީނާ ،މަނީޝް އާއެކު ރާއްޖޭގައި

ބޮލީވުޑްގެ ކްއީންގެ ގޮތުގައި މަޝްހޫރުވެފައިވާ މަޝްހޫރު ތަރި ކެޓްރީނާ ކައިފް މިހާރު ހުރީ  އަހަރެމެންނާ ވަރަށް ގާތުގައި އޮތް އަންނަތަރާ ކިހަވަށް ރިސޯޓުގައެވެ.

އޭނާ މީގެ ދެދުވަސްކުރިން  އަނަންތާރާ ކިހަވަށް ރިސޯޓަށް އައިސްފައިވަނީ   މަޝްހޫރު ފެޝަން ޑިޒައިނަރ މަނީޝް މަލްހޯތުރާ އާއެކު ފޮޓޯ ޝޫޓަކަށެވެ.

ހާޕާ ބާޒާރް ބްރައިޑް އިންޑިއާ މެގަޒިން އަށް ނަގާ ފޮޓޯ ޝޫޓްތައް އެރިސޯޓުގައި ކުރަމުން ދާއިރު މަނީޝް ވަނީ އޭނާގެ 50ވަނަ އުފަންދުވަސްވެސް ރޭ އެރިސޯޓުގައި ފާހަގަކޮށްފައެވެ. އޭނާ ވަނީ  އެހަފްލާގެ ވީޑިއޯއެއް އިންސްޓަރގްރާމް ވެސް ކޮށްފައެވެ.

މި މެގަޒިން އަށް ނެގި ފޮޓޯތައް އަންނަ މަހުނެރޭ އެމެގަޒިންގެ މަޖައްލާއިން ފެނިގެންދާނެ ކަމަށް ބޮލީބުޑް ނިއުސް އިން ބުނެއެވެ.

ހާޕާ މެގަޒިންގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ  އެނބުރި އިންޑިއާއަށް ދާނެކަމަށް ވަނީ އެރިސޯޓުގައި ދުވަސްކޮޅަކު ޗުއްޓީ ހޭދަކުރުމަށް ފަހުގައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top