ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރެއްނޫން: އެޗްއީއޯސީ

corona-virusss-ok7d1nv34jzv3b2wgh1gqo6il0qphn49rei7qcba7k.jpg

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި އެއަރޕޯޓް ހިންގާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ނޫން ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންބުނެފި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސްފައިވާކަން އެންގުމާއެކު އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި އެއަރޕޯޓް ހިންގާ ރަށްރަށުގައި މާސްކް އެޅުމަށާއި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓްގެ ގައިދުރުމިން ބެހެއްޓުމަށް އަންގާފައެވެ.

އެޗްޕީއޭއިން ބުނަނީ މީހުން ދިރިއުޅޭ ރަށްރަށާއި އެއަރޕޯޓް ހިންގާރަށްރަށުގައި މާސްއެޅުން މަޖުބޫރު ނޫންކަމަށާއި ނަމަވެސް އެކަމަށް ބާރުއަޅާ ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މި މަހު 4 އިން ފެށިގެން އެޗްޕީއޭއިން ވަނީ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތު 10 ދުވަހަށް ބަދަލުކޮށްފައެވެ.

މި ގޮތަށް ކަރަންޓީނުވާ ފަރާތްތައް މި މުއްދަތަށްފަހު ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީ.އާރް ނެގެޓިވް ނަތީޖާއެއް ލިބުމުން ކަމުގައިވެސް އެޗްޕީއޭ އިން ބުނެއެވެ.

ކަރަންޓީންވާ މުއްދަތު 10 ދުވަހަށް ބަދަލުކުރިކަމުގައިވީނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް  ކޮންޓެކްޓްވެގެން ކަރަންޓީނު ވާ ފަރާތްތަކުން ރަށްރަށަށް ދަތުރު ކުރާނަމަ 14 ދުވަހު ކަރަންޓީން ވާން ޖެހޭނެއެވެ.

އެޗްޕީއޭ އިން ވަނީ ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ދަތުރު ކުރެވޭނީ 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއަކާއެކުކަމަށްވެސްބުނެައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top