އަންނަ މަހު ލަންކާ ހުޅުވާލަނީ

large_159479605561nvfP.jpg

ކޮވިޑް 19 އާއި ގުޅިގެން ބަންދު ކޮށްފައި އޮތް އަވައްޓެރި ސްރީލަންކާގެ މައި އެއާޕޯޓް އަންނަ  އަހަރާއެކު ހުޅުވާލުމަށް ނިންމައިފި ކަމަށް އެގައުމުން ބުނެފި އެވެ.

ސްރީލަންކާ ސަރުކާރުން އެގައުމުގެ ފަތުރުވެރިކަން މަޑުމަޑުން ހުޅުވާލަން ނިންމާފައިވާއިރު އެގައުމުގައި އޮންނަ ދެ އިންޓަނޭޝަނަލް އެއާޕޯޓުވެސް ފަތުރުވެރިންނަށް ހުޅުވާލާނެ އެވެ. ފަތުރުވެރިކަން އަލުން ފެށުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލާ ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުގެ ބަހެއް ހޯދަން މިހާރު ވަނީ ފޮނުވާފައި ކަމަށް އެގައުމުގެ ޓޫރިޒަމް ޗެއާޕާސަން ވިދާޅުވެ އެވެ.

އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ފްލައިޓުތަކަށާއި ޗާޓާޑް ފްލައިޓުތަކަށް އަދި ޕްރައިވެޓް ޖެޓުތަކަށްވެސް ލަންކާ މަރުހަބާ ކިޔާނެ ކަމަށެވެ.

އެގައުމަށްދާ ފަތުރުވެރިން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ އެއް ހުށަހަޅަން ޖެހޭއިރު، ފަތުރުވެރިންނަށް ޕަބްލިކް ޓްރާންސްޕޯޓެއް ބޭނުމެއް ނުކުރެވޭނެ އެވެ. ފަތުރުވެރިންގެ ދަތުރުގެ ކަންތައް ހަމަޖައްސާނީ، އެ ފަތުރުވެރިއަކު ހުންނަ ޓޫރިސްޓު ފެސިލިޓީއަކުންނެވެ.

ކޮވިޑު19 އާއި ގުޅިގެން ލަންކާގެ ބޯޑަރު ބަންދުކޮށް ފަތުތުވެރިންނަށް އެ ގައުމު ބަންދުކުރީ މާޗު މަހު އެވެ. އޭގެ ފަހުން ލަންކާގެ ބޯޑަރުތައް ހުޅުވާލައިފައެއް ނުވެ އެވެ.

ލަންކާގައި ކޮވިޑް ފެތުރުުން ކޮންޓުރޯލު ކުރެވިފައި އޮތުމަށްފަހު އަނެއްކާވެސް އެގައުމުގައި ބަލި ފެތުރެމުންދާއިރު 24،532 މީހުންނަށް ބަލި ޖެހިފައިވެ އެވެ. ލަންކާ އިން 122 މީހަކު ބަލީގައި މަރުވެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top