ވިއްސާރަވުމާ ގުޅިގެން މަދިރިއަށް ސަމާލުވުމަށް ހޮސްޕިޓަލުން އެދިއްޖެ

10406486_506755296145117_7781274957744766642_n.jpg

މަދިރި އުފެދޭތަންތަން ނައްތާލުމަށް ބ. އަތޮޅު ހޮސްޕިޓަލުން ކުރިޔަށްދިޔަ ޕްރޮޤްރާމެއްގެ ދަށުން އޭދަފުށީގެ ގެއެއް އަތޮޅު ހޮސްޕިޓަލް މުވައްޒަފުންތަކެއް ޗެކް ކުރަނީ / ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް

މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމަށްވާތީ، މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބ. އަތޮޅު ހޮސްޕިޓަލުން އެދިވަޑައިގެންފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ގިނަ އަދަދަކަށް ވާރޭވެހެމުންދާ ދުވަސްވަރެއްކަމަށްވާތީ، މަދިރި އުފެދުމުގެ ފުރުސަތު ވަރަށް ބޮޑުވާނެކަމަށާ، އެކަމުގެ ސަބަބުން ރޯގާތައް އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށެވެ. ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ މިފަދަ ދުވަސްވަރަކަށްފަހު އާންމުގޮތެއްގައި ރޯގާތައް އިތުރުވާނެކަމަށާ، މިކަން ހައްލުކުރެވޭނީ އާންމުން ވަރަށް ބޮޑަށް ސަމާލުވެގެންކަމަށެވެ.

“ކޮންމެ އަހަރަކުވެސް ހާއްސަކޮށް ހުޅަނގު މޫސުމުގެ ތެރޭގައި ވިއްސާރަވުމަށްފަހު މަދިރީގެ އުނދަގޫ ވަރަށް ބޮޑުވޭ. ނަތީޖާއަކަށް ވާނީ ހުމުގެ ރޯގާތައް އިތުރުވުން. ގޭގޭގައި ވަރަށް ގިނަ ފަހަރަށް ފެންހަރުލާ ޒާތުގެ ތަކެތި އެބަހުރޭ ބެހެއްޓިފައި ނޭނގިނަމަވެސް. އެކަން މިއަދު ބައްލަވާލައްވަން އަޅުގަނޑު އެދެން. އަދި އެފަދަ ތަކެތި ފެން ހަރުނުލާގޮތަށް ބަހައްޓަވާ” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ މިފަދަ ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ޑެންގީ ހުމުގެ އަސަރުތައް ފެންނަމުންދާކަމަށާ، މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މަދިރިން ސަލާމަތް ވުމަށް ބ. އަތޮޅުގެ ރަށްރަށުގައި މިދުވަސްވަރު ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަރަށް އަވަހަށް އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށްވެސް ދަންނަވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top