ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި، ހަތަރު މީހުން ޒަޚަމް ވެއްޖެ

large_169769997940uB2f.jpeg

ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި، ހަތަރު މީހަކު ވަނީ ޒަހަމްވެފަ -- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި، ހަތަރު މީހަކު ޒަޚަމްވެއްޖެ އެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ތިން ފިރިހެނުންނެވެ. އަދި އެއީ ދިވެހި މުވައްޒަފުންނެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހުންނާ ބެހޭ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ލިބުނީ ކުދި އަނިޔާތަކެއް ކަމަށެވެ.

ނަމަވެސް އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ސީދާ އަދި ދަންނަވާކަށް ނޭނގޭ. ނަމަވެސް އަތަށް ވަރަށް ބޮޑަށް ޒަޚަމްވެފައިވަނީ. އޭނާއަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުން “ މުހައްމަދު މޫސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ 11:13 ހާއިރު ކަމަށެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ، ކުޅުދުއްފުށީ އެއާޕޯޓްގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމަށް މިއަދު 11:45ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެއާޕޯޓުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top