އެކްޓްރެސް މޮނިކާ އިސްލާމްވެއްޖެ

އެކްޓްރެސް މޮނީކާ : އިސްލާމްވުމަށްފަހު ފިލްމްކުޅުން ހުއްޓާލައިފި

އެކްޓްރެސް މޮނީކާ : އިސްލާމްވުމަށްފަހު ފިލްމްކުޅުން ހުއްޓާލައިފި

ތަމަޅަ ގިނަފިލްމްތަކަކުން މަޝްހޫރުކަން ހޯދާފައިވާ ޓަމިލް އެކްޓްރެސް މޮނިކާ، އިސްލާމް ދީން ގަބޫލުކޮށް އިސްލާމް ވެއްޖެއެވެ.

ކްރިސްޓިއަން އާއިލާއަކަށް ނިސްބަތްވާ މޮނިކާގެ މައިންބަފައިންނަކީވެސް ކްރިސްޓިއަނުންނެވެ.
މޮނިކާ ބުނިގޮތުގައި އޭނާ އިސްލާމްދީންގަބޫލުކުރުމާ ދެކޮޅަށް އެއްވެސް ފަރާތަކުން ގޯސް ކޮމެންޓެއް ނާންނަ ކަމުގައާއި މައިން ބަފައިންވެސް މިކަމާ ދެކޮޅަށް އެއްވެސް އެއްޗެކޭ ނުބުނާކަމުގައެވެ.

އޭނާ ބުނީ މުސްލިމަކަށް ވުމަށްފަހު ފިލްމީ ދާއިރާއިން މުޅިން ވަކިވާން ނިންމައިފިން ކަމުގައާއި މިއީ ކޮންމެވެސް ވަރަކަށް ދެރަވާ ކަމެއްކަމުގައެވެ. އެހެންނަމަވެސް މި ނިންމުން ބަދަލު ނުކުރާނެކަމުގައެވެ.

މޮނިކާ އިސްލާމްދީން ގަބޫލު ކުރުމާއި ގުޅިގެން އެކަން މީޑިއާގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ޗެންނާއީގެ ޕީވީކޭ ސްޓޫޑިޯގައިވަނީ ނިއުން ކޮންފަރެންސެއްވެސް ބާއްވާފައެވެ. ނިއުސްކޮންފަރެންސްގައި އޭނާ ބުނެފައި ވަނީ ވަރަށް ޅައުމުރުން ފެށިގެން އޭނާ ފިލްމީ ދުނިޔޭގައި ހަރަކާތްތެރިވާން ފަށައިފިންކަމުގައާއި މިހާތަނަށް ހަތްދިހައަށްވުރެ ގިނަ ފިލްމް ކުޅެފައިވާނެ ކަމުގައެވެ. އެފިލްމްތައް ކާމިޔާބުވެ އޭނާވެސް ފިލްމީ ދުނިޔޭގެ ތަރިއަކަށްވެ މެދުއުޑުގައި ފިޔަޖަހަންފެށީ ސަޕޯޓރުންގެ ސަބަބުން ކަމުގައެވެ. އެކަމަށް ޝުކުރު އަދާކުރުމަށްހަމައެކަނި ބަސްކޮޅަކުންް ފުދޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމުގައެވެ.

” އަހަރެން އިސްލާމްދީން ގަބޫލު ކުރީ އެކަމަށް އެއްވެސް ފަރާތެއްގެ ބާރުއެޅުމެއްނެތި. އެއްވެސް މީހެއްގެ މަޖްބޫރުކަމެއްވެސް ނެތި އަމިއްލައިޚްތިޔާރުގައި. ހަމައެކަނި ސަބަބަކީ އިސްލާމްދީނާމެދު ޝައުގުވެރިކަން އުފެދުން. މި ކަމުގައި އިތުރު އެހެން އެއްވެސް ކަމެއް ނެތް. މައިން ބަފައިންގެ ފަރާތުން އަހަރެންގެ މި ނިންމުމަށް އިހްތިރާމްކޮށް އަހަންނަށް ސަޕޯޓް ކުރުމުން ވަރަށް އުފާވޭ. މިހާރު އަހަންނަކީ މޮނިކާއެއްނޫން. މުސްލިމަކަށް ވުމަށްފަހު އަހަރެންގެ ނަމަކީ ރަހީމާ. އަދި ކުރިންވެސް ޕްލޭން ކުރެވިފައިވާ ގޮތަށް ވަރަށް އަވަހަށް އަހަރެންގެ ކައިވެނިވެސް ކުރެވޭނެ. ” އޭނާ މައުލޫމާތު ދިނެވެ.

މޮނިކާ ބުނީ އޭނާއެކޭ އެއްފަދައިން އޭނާގެ ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދޭ މަޝްހޫރު ފިލްމް ޑިރެކްޓަރުން ކަމުގައިވާ އޭއާރް ރަހްމާނާއި ޔޫވާން ޝަންކަރު ރާޖާއަކީވެސް އޭނާ ފަދައިން މުސްލިމުން ކަމަށާއި އެކަމަށްޓަކާ ފަޚްރުވެރިވާކަމުގައެވެ.

އިސްލާމްވުމަށްފަހު މޮނީކާ ވަނީ ކުރިން އޭނާ ލައިއުޅުނު ހެދުންތައް ދޫކޮށްލާފަ ބުރުގާ އަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top