ތުޅާދޫ ކައުންސިލަށް އައުޓްޑޯ ޖިމް އެއްގެ ސާމާނު ހަވާލުކުރަނީ

b_1Pmyq43ueaXcyTcRV1SYxlusg.jpg

އައުޓްޑޯ ޖިމް ،ކައުންސިލްތަކަށް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން --ފޮޓޯ :ވަން ފޮޓޯ ، އައުޒަމް

ބ.ތުޅާދޫ ކައުންސިލަށް އައުޓްޑޯ ޖިމެއް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެެވެ.

ޖިމަށް ބޭނުންވާ ސާމާނު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާ ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ހެލްތު ގައެވެ. މި ރަސްމިއްޔާތުގައި ތުޅާދޫގެ އިތުރުން އިތުރު ހަތަރު ރަށަކަށްވެސް ވަނީ ޖިމެއް ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާ ކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ހަވާލުކުރި ތަކެތި ކައުންސިލްތަކާ ހަވާލުކުރުމާއި އިންސްޓޯލްކުރުމާއި ޖިމްއާގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީއާއި އެރަށެއްގެ ކައުންސިލާ ގުޅިގެން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭ އިން ބުނީ މިއީ މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން “25 އަށް 25” ގެ ނަމުގައި ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ގާއިމްކުރެވިގެންދާ އައުޓްޑޯ ޖިމް ތަކެއް ކަމުގައެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގެ އާބާދީގެ 73 އިންސައްތަ މީހުންނަކީ އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅޭ މީހުން ކަމަށާއި ހެލިފެލިވެ އުޅުމާއި ގަވާއިދުން ކަސްރަތު ކުރުމަކީ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމަށާ ރާއްޖޭގގައި އެންމެ ގިނަމީހުން ބަލިވާ އަދި މަރުވާ ސަބަބުތައް ގުޅިފައިވަނީ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުންކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top