
ސަލީމް ކެންޕޭން ދަތުރެއްގައި ހިތާދޫ ބަޔަކާ ވާހަކަ ދައްކަވަނީ. ދާއިރާގެ ރަށްރަށަށް އެކިދާއިރާތަކުން ސަލީމް އެހީތެރިވަމުންގެންދޭ / ފޮޓޯ: އީޥީ
ބ. މާޅޮހު ރައްޔިތުންގެ ޕްރީ ސްކޫލަށް، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް 16000 ރުފިޔާގެ އެހީއެއް ދެއްވައިފިއެވެ.
ސަލީމް ކެންޕޭން އޮފީހުން ބުނީ މިއެހީއަކީ އެރަށުގައި އަލަށް އިމާރާތްކޮށް ހިންގަން ފެށުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ހަވާލުކުރެވުނު ފައިސާކަމަށެވެ. ސަލީމް ކެންޕޭން އޮފީހުން ބުނީ މިފައިސާ ހަވާލުކޮށްފައިވަނީ ޕްރީ ސްކޫލް ހިންގުމާ ހަވާލުވެފައިވާ އެރަށު އިލްމު ޖަމްއިއްޔާއާ ކަމަށެވެ.
މާޅޮހު ރައްޔިތުންގެ ޕްރީ ސްކޫލް، އިލްމު ޖަމްއިއްޔާއިން ހިންގަން ތައްޔާރުވަމުން އަންނައިރު، މިވަގުތު މާޅޮހުގައި އަމިއްލަ ޕްރީ ސްކޫލެއްގެ ގޮތުގައި ޕްރީ ސްކޫލްގެ ހިދްމަތް ދެމުންގެންދަނީ އެރަށު މާރެސް ޖަމްއިއްޔާއިންނެވެ.
މާޅޮހުގެ ތައުލީމު ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން މިދިޔައަހަރު އެރަށު މަދަރުސާއަށްވެސް ސަލީމްވަނީ 30000ހެއްހާ ރުފިޔާގެ އަގުހުރި ސާމާނުތަކެއް ހަދިޔާކޮށްފައެވެ. އަދި މިދިޔަމަހު ބ. އަތޮޅު ތައުލީމީ މަރުކަޒަށްވެސް 25000ރ ވަނީ ހަދިޔާކޮށްފައެވެ. އަދި އޭދަފުށީގައި ހުންނަ ވިލާކޮލެޖްގައި އަލަށް މާސްޓާޒް ޑިގުރީ ހަދާ ކުދިންނަށް އެހީވުމުގެ ގޮތުން 1 ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާކަމަވެސް ސަލީމް ކެމްޕޭން އޮފީހުން ބުނެއެވެ.