ވައްކަންކުރި މީހަކު އަމިއްލައަށް އެދިގެން އަތް ކަނޑައިފި

ވައްކަން ކުރި މީހަކު އަމިއްލައަށް އެދިގެން އޭނާގެ އަތް ކަނޑާލަނީ – ފޮޓޯ:ޓްވިޓާ

ވައްކަން ކުރި މީހަކު އަމިއްލައަށް އެދިގެން އޭނާގެ އަތް ކަނޑާލަނީ – ފޮޓޯ:ޓްވިޓާ

ސިރިއާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ސީރިއާ ސަރުކާރުގެ ބާރު ކެނޑިފައިވާ ހަލަބުގެ މަސްކާނާ އަވަށުގައި ވައްކަން ކުރި މީހަކު އަމިއްލައަށް އޭނާ އެކަމަށް އިއުތިރާފުވެ އެކަމުގެ އަދަބެއްގެ ގޮތުން އޭނާގެ އަތް ކެނޑުމަށް އެދުމުން އޭނާގެ އަތް ކަނޑައިފިއެވެ.
އިސްލާމީ ޝަރީއާ ތަންފީޒުކުރުމަށް ގޮވާލަމުންދާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އައިއެސްއައިއެސްގެ ބާރުގެ ދަށުގައި އޮންނަ ހަލަބުގެ މަސްކާނާ އަވަށުގައި ވައްކަން ކުރި މީހާގެ އަތް ކެނޑި މަންޒަރު ފެންނަ ފޮޓޯތައް ވަގުތުން ވަގުތައް ޓްވިޓާގައި ވަނީ އަޕްޑޭޓް ކޮށްފައެވެ.
ނަމަވެސް ޓްވިޓާއިން ވަނީ މިހާރު މިފޮޓޯތައް ނަގާފައެވެ.
ޓްވިޓާގައި އާންމުކޮށްފައިވާ ފޮޓޯ ތަކުގައި ފެންނަނީ ވައްކަން ކުރި މީހާ ކަނު ބަނދެ އޭނާގެ އަތް މޭޒެއްގެ މަތީގައި ބާއްވާ ކަނޑިއެއް ފާޑުގެ އެއްޗަކުން ޖަހާ އަތުގެ ކުޑަހުޅުން އަތް ކަނޑާ މަންޒަރެވެ.
އޭނާގެ އަތް ކަނޑާއިރު ހަތިޔާރާއި އެކު ގިނަ އަދަދެއްގެ ހަނގުރާމަވެރިން އޭނާގެ ވަށައިގެން ތިބޭ މަންޒަރު ވެސް ފޮޓޯތަކުން ފެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top