ތުޅާދޫގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ

big_O9FSoBCFo4xyHIOJhjZga99wc.jpg

ތުޅާދޫގައި ކުރިން އަޅާފައިވާ ރޯހައުސް ޔުނިޓް ތަކެއް--ފޮޓޯ :ޕީއެސް އެމް

ބ.ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ތުޅާދޫގެ އިތުރުން ތ.ވިލުފުއްޓާއި ށ.ބިލެތްފަހީގައިވެސް އެއާޕޯޓެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު، ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

މި މަސައްކަތަށް އީއޯއައި ހުށަހަޅާއިރު އެއް ފަރާތަކުން އެއް އެއަރޕޯޓަށްވިރެ ގިނަ އެއަރޕޯޓަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ އިޚްތިޔާރު ވެސް ލިބިގެންވާ ކަމަށް ފިނޭންސް އިން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއްކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން  ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން، ތިރީގައި މި ދަންނަވާ ޤަވާއިދުތަކާއި، ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާނެކަން ޔަގީންކުރަން ވާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޝައުޤުވެރިވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 15ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް ”އެކްސްޕްރެޝަން އޮފް އިންޓްރެސްޓް“ ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓްރީން އެދެއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top