އޭދަފުށީގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެއްޖެ

fenbiduvun-2-768x1024-1.jpg

ފެންބޮޑުވެފައިވާ ސަރަހައްދަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ- ފޮޓޯ: އޭދަފުށި ކައުންސިލް

ރޭގެ ފަތިހުން ފެށިގެން މެދު ނުކެނޑި ހެނދުނު 10 ޖަހަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އޭދަފުށީގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެއްޖެއެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، ރެއާއި މިއަދު ހެނދުނު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް މަގުތަކުގައިވަނީ ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އުނދަގޫވާވަރަށް  ފެން ބޮޑުވެފައެވެ. މިކަމާގުޅިގެން އޭދަފުށީގެ ތިން ގެއަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ބައެއް ސަރަހައްދުގައި ދޮޅު ފޫޓެއްހާ ވަރަށް ފެން ބޮޑުވި. އެ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު 9:30 އިން ފެށިގެން އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ މުވައްޒަފުން އަންނަނީ ކުރަމުން. އަދި ފުލުހުންގެ އެހީތެރިކަން ވެސް އަންނަނީ ލިބެމުން. ”

ހެނދުނު ކޮޅު ބޯކޮށް ވާރޭ ވެހުނު ނަމަވެސް މިހާރު ވާރޭއެއް ނުވެއެވެ. އަދިފެން ބޮޑުވެފައިވާ ސަރަހައްދުތައްވެސް މިހާރު ވަނީ އާއްމު ހާލަތުގައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. މި ވިއްސާރައިގައި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top