އޯޕަން ހާޓް ސާޖަރީއަކަށް ނުގޮސް އޭޑީކޭއިން ހިތުގެ މައި ލޭނާރު ބަދަލުކޮށްފި

l_164525138711Wgcj.jpg

އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ސާޖަރީ ކުރިއަށް ދަނީ --- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

އޯޕަން ހާޓް ސާޖަރީ ހަދަން ނުޖެހި ހިތުގެ މައި ލޭނާރު ބަދަލުކޮށްލައިގެން ކުރާ ސާޖަރީ، ޓްރާންސް-އެއޯޓިކް ވޭލްވް އިމްޕްލާންޓް ސާޖަރީއެއް އޭޑީކޭގައި ކާމިޔާބުކަމާ އެކު ކޮށްފިއެވެ.

81 އަހަރުގެ ދިވެހި ފިރިހެނެއްގެ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އޭނާގެ ހިތުގެ ވޭލެއް ރަނގަޅަށް މަަސައްކަތް ނުކުރާތީ ކަމަށް އޭޑީކޭ އިން ބުނެ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ މި ޕޮރޮސީޖާ ކުރިއަށް ގެންދަން ނިންމީ ބަލިމީހާއަކީ ވަރަށް ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހަކަށް ވެފައި، އުމުރުން ދުވަސްވީ މީހަަކަށް ވެސް ވާތީ އޯޕަން ހާޓް ސާޖަރީއެއް ކުރުމަށް ވުރެ މިގޮތް މާބޮޑަށް ވެސް ރައްކާތެރިވާނެތީ ކަމަށެެެވެ.

އަދި މިއީ ވަކި ކަންތައްތަކަކަށް ބަލައި، ހޮވާލެވޭ މަދު ބަޔަކަށް ނޫނީ ނުކުރެވޭ ސާޖަރީއެއް ކަމަށް އައްފާލު ވިދާޅުވި އެވެ.

މި ސާޖަރީ ހެދުމުގައި އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއްގެ އިތުރުން ހުނަރުވެރި ނަރުހުންގެ ޓީމަކާއި، ސްޓޭންޑް ބައި ޓީމެއް ވެސް މަސައްކަތް ކުރިއެވެ.

ހިތުގެ ވޭލު ހަރަކާތް ނުކުރުމަކީ، ހިތަށް ދިމާވާ ނުރައްކާތެރި މައްސަލައެކެވެ. އެކަން އާންމުކޮށް ހައްލުކުރަނީ ހިތް ފަޅާލައިގެން ކުރާ އޯޕަން ހާޓް ސާޖަރީއަކުންނެވެ. މިއީ އެފަދަ ސާޖަރީ އަކާ ނުލައި ރާއްޖޭގައި އެ މައްސަލަ ހައްލުކުރެވުނު ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top