އިންޑިއާއަށް ދާމީހުން ކޮވިޑަށް ޓެސްޓް ކުރަނީ

big_xhpOHklpBTpDyuIN6oD44Gkdg.jpg

އިންޑިޔާގެ އެއާޕޯޓެއްގައި ފަސިންޖަރުން ތަކެއް

ބައެއް ގައުމުތަކުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ މާދަމާއިން ފެށިގެން އެގައުމަށް އެތެެރެވާ މީހުން ރެންޑަމް ކޮށް ކޮވިޑަށް ޓެސްޓު ކުރަން އިންޑިޔާ އިން ނިންމައިފި އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ މާދަމާ އިން ފެށިގެން އަޅަމުންދާނެ ފިޔަވަޅުތައް އާންމުކޮށްފަ އެވެ. ގައިޑްލައިންގައިވާ ގޮތުން މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން އެ ގައުމަށް އެތެރެވާ މީހުން ރެންޑަމްކޮށް ކޮވިޑަށް ޓެސްޓުކުރާނެއެވެ.

ކޮވިޑަށް ޓެސްޓް ކުރުމާ އެކު އެގައުމަށްދާ މީހުންނަކީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން ތިބި މީހުންނަށް ވެސް ވާންޖެހެ އެވެ.

ފްލައިޓްގައި ދަތުރުކުރާއިރު މާސްކް އެޅުމަށާއި ސޯޝަލް ޑިސްޓެންސިން ދެމެހެއްޓުމަށް ގައިޑްލައިނުގައިވެ އެވެ.

އިންޑިއާއަށް އެތެރެވާ މީހުން ސްކްރީން ކުރުމަށް ތާމަލް ކެމެރާ ބޭނުން ކުރުމަށް ނިންމާފައިވާއިރު ބަލީގެ އަލާމާތްހުރި މީހުން ވަގުތުން ފެސިލިޓީއަށް ގެންދެވޭނެ އެވެ.

ފަސިންޖަރެއްގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އިތުރު ޓެސްޓެއް ހަދައި ބަލި ހުރިތޯ ޔަގީން ކުރާނެ އެވެ. އެ ޓެސްޓުންވެސް ޕޮޒިޓިވްވެއްޖެ ނަމަ އެ މީހަކު އެކަހެރި ކުރާނެ އެވެ.

ގައިޑްލައިންގައިވާ ގޮތުން އުމުރުން 12 އަހަރުން ދަށުގެ ކުދިން ކޮވިޑް ޓެސްޓް ހަދާކަށް ނުޖެހެ އެވެ. ނަމަވެސް ކޮވިޑްގެ އަލާމާތްތައް ހުރިނަމަ ޓެސްޓް ހަދައި އުސޫލާއި އެއްގޮތަށް އަމަލުކުރާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top