އޭދަފުށީގެ މަގުތަކުގައި ތާރު އަޅަން ތައްޔާރު ވެއްޖެ

DSCN4562.jpg

އޭދަފުށީގެ މަގެއްގައި ތާރު އެޅުމަށް ތައްޔާރު ކުރަނީ -އީވީ ފޮޓޯ

އޭދަފުށީގައި ޒަމާނީ ފެންވަރަށް ހަދާ މަގުތަކުގައި ތާރު އަޅަން ފެށުމަށް ތައްޔާރު ވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން ކުރިން އޭދަފުށީގައި ރަނގަޅު ފެންވަރަށް ހަދަން ހަމަޖެހިފައި އޮތީ 15 މަގެވެ. ނަމަވެސް އޭދަފުށީ ރައްޔިތުންގެ އެދުމަށް މިހާރު ވަނީ އިތުރު ދެމަގުގައި ތާރު އަޅަންް ހަމަޖައްސައި 17 މަގަށް ބަދަލު ކޮށްފައެވެ.

އެ ދެމަގުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާއިރު ކުރިން ހަދާ ނިންމާފައިވާ 15 މަގުތަކުގައި ތާރު އެޅުމަށް ތައްޔާރު ވުމުގެ ގޮތުން އަޅާ 150 މިލިމީޓަރުގެ ސިމެންތި ކޮންކްރިޓް ލޭޔަރ އެޅުމުގެމަސައްކަތް ވެސް ފަށައިގެން ކުރިއަށް އެބަ ދާކަމަށް ޕަބްލިކް ވޯކްސް ޔުނިޓްގެ އޭދަފުށީ ސައިޓް މެނޭޖަރ އަހުމަދު ބަޝީރު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ ތާރު އެޅުމުގެ ކުރިން މަގުތަކުގައި އަޅަން ޖެހޭ ސިމެންތި ލޭޔަރ އެއްމަގުގައި އަޅައިފި ކަމަށާ މިއަދު އެ މަސައްކަތް ކުރިއަށް ގެންދަނީ އޯކިޑް މަގުގައި ކަމަށެވެ.

“150 އެމްއެމް ގެ ސިމެންތި ލޭޔަރ އެޅުމަށް ފަހު ދެން އޮންނާނީ 50 އެމްއެމްގެ ބޯމިނުގައި އަޅަން ޖެހޭ ތާރު އެޅުން . އެމަސައްކަތް ކުރަނީ ސިއެރާ ކުންފުނިން. ” ބަޝީރު ވިދާޅުވިއެވެ.

އީވީ އަށް ލިބިފައިވާ މައުލޫމާތު ކުށް ކަމުގައި ނުވާނަމަ ސިއެރާ ކުންފުނީގެ މީހުން މާދަމާ ނުވަތަ އަނެއް ދުވަހު އޭދަފުއްޓަށް އަންނާނެއެވެ. އެމީހުން އައުމާއެކު ތާރު އެޅުމުގެ މަސައްކަތް ވަގުތުން ފެށިގެން ދާނެއެވެ.

އޭދަފުށީގެ 15 މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މިހާރު އުވާލާފައިވާ އެމްއާރްޑީސީއާ 15 ޖޫން 2015 ގައެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރި މިމަސައްކަތުގެ އަގަކީ 33 މިލިއަން ރުފިޔާއެވެ.

އެމްއާރްޑީސީ އުވާލުމުން މިހާރު މިމަސައްކަތް ކުރަމުން ގެންދަނީ ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top