ހަރުކަށި ވިސްނުމުގެ މީހުން ހުރިހާ ދީނެއްގައި ވެސް އުޅޭ :އެމްޕީ ސަލީމް

img_md_201906170210491560762649.0045.jpeg

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް / ފޮޓޯ: މަޖިލިސް

ހަރުކަށި ވިސްނުމުގެ މީހުން ހުރިހާ ދީނެއްގައިވެސް އުޅޭ ކަމަށާއި، ފުރަތަމަ ބަލަންވީ އެ މައްސަލަ އުފެދެނީ ކީއްވެގެންތޯ ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމު މިހެން ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ޤާނޫނު އިސްލާހް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވާތީ އެކަމާބެހޭ ގޮތުން މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން ސަލީމު ވިދާޅުވީ ބާރެއް ލިބިއްޖެނަމަ ކޮންމެ ބަޔަކު ވެސް ބޭނުން ވަނީ ބަޔަކު ހައްޔަރު ކުރަން ކަމަށާއި ނާޖާއިޒް ގޮތުގައި ބަޔަކަށް މަންފާތަކެއް ނެގޭނެ ގޮތަށް އެއްވެސް ޤާނޫނެއް އިސްލާހް ކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަޅުގަނޑުމެން އަނެއްކާވެސް ސިޔާސީ ގޮތުން ނާޖާއިޒް ފައިދާތަކެއް ނަގާ ބަޔަކު ހައްޔަރު ކުރަން ފުރުސަތު ފަހިކޮށްދޭންވީތޯ ސަލީމް ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބޭނުމެއް ނެތި މީހުން ހައްޔަރު ކުރުން ކަމު ނުގޮސްގެން ޤާނޫނު އަސާސީ އިސްލާހު ކުރީ ހުރިހާ އެންމެން ވެސް ބޭނުން ވެގެން ކަމަށެވެ.

“އެއީ ހިތައް އެރި ގޮތަކަށް ހައްޔަރު ކުރުން ހުއްޓުވަން ކުރި ކަމެއް. އަނެއްކާވެސް ދާން މިޖެހެނީ ހުދުމުހުތާރު ނިޒާމަކަކާއި ދިމާއަށް. އަނެއްކާވެސް ނޫ ޤާނޫނު އަސާސީ ގެންނަން ވީނޫންތޯ. އޭރުން ވަލިއްޔުލް އަމްރު ބޭނުން ގޮތަކަށް ކަންތައްތައް ކުރުމުގެ ބާރު ލިބޭނެ ނޫންތޯ.” ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަފުޅަކީ ހުށަހެޅިފައިވާ މައްސަލަ އާއި ގުޅޭ ވާހަކަފުޅެއް ނޫންކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ސަލީމްގެ ވާހަކަފުޅު ހުއްޓުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top