ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ދަރިވަރަކު އޯލެވެލް ގަދަ 10 ގައި ހިމެނިއްޖެ

70213874_2463331400617580_8112021898663034880_n-1024x683.jpg

އޯލެވެލް ގަދަ 10 ގައި ހިމެނުނު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލްގެ އެޑްމިނިސްޓްރޭޓަރު އަހުމަދު އަލީ އާއެކު- ފޮޓޯ/ހަރުޝާ

ފާއިތުވެދިޔަ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ކެމްބްރިޖް އޯޑިނަރީ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ދަރިވަރަކު ހިމެނިއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޓޮޕް އެޗީވަރސް އެވޯޑް ޖަލްސާއިން އިނާމު ހާސިލުކުރި ބ.އތޮޅު ތައުލީމީ މަރުކަޒުގެ ފަސް ދަރިވަރުންގެ ތެރެއިން ދެ ދަރިވަރުން ވަނީ ޓޮޕް ޓެންގެ ދެވަނަ އިން ދިހަވަނަ އާއި ދެމެދުގެ ވަނަތައް ހާސިލުކޮށްފައެވެ.

އޯލެވެލް ގަދަ 10 ގައި ހިމެނެނު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަކީ، އޭދަފުށީ ސަންފްލާވަރ، އާމިނަތު ރަމްޝާ އަބްދުއްރަހްމާން ، ހއ.ތުރާކުނު ހަތިފުށީގޭ ފާތިމަތު ރީޝަމް، އޭދަފުށި ދޮންދުނބުރިގޭ ހިޝްމާ ޚާލިދު، އޭދަފުށީ ހިރުނދުގަސްދޮށުގޭ މަރްޔަމް ސައްރާ އިބްރާހީމް، އަދި އޭދަފުށީ ރޯޝަނީގޭ ރައުޝަން ރިޔާޒް މުހައްމަދެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕްލް އަހުމަދު ރަފީއު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތައުލީމީ މަރުކަޒުން މިފަހަރު އެންމެ ރަނގަޅު ނަތީޖާނހޯދި ހުރިހާ ކުދިންނަށް ތަހުނިޔާ ކަމަށާ އެކުދިންގެ އެ ފޮނި ނަތީޖާ ގުޅިފައިވަނީ ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުލުމާއެކު ކުދިން ކުރި ބުރަމަސައްކަތާ ކަމަށެވެ.

މިދިޔަ އަހަރުގެ އޯލެވެލްގެ ނަތިޖާއަށް ބަލާއިރު މުޅި ރާއްޖެއިން 404 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނިފައި ވެއެވެ. އަދި ހަ ދަރިވަރަކު ދުނިޔޭގެ 1 ވަނައިގާ ހިމެނިފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top