ބީއެމްއެލްގެ ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތަކުގެ ތެރޭގައި ކިހާދޫ ކިޑްސް

1.jpg

ކިހާދޫ ކައުންސިލާއި ކިޑްސް ޖަމިއްޔާ ގުޅިގެން އެރަށުގައި ހަދާފައިވާ ކުޑަ ކުދިންގެ ޕާކުގެ ކުރެހުމެއް

ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ‘ސްމޯލް ގްރާންޓް’ ލިބޭ 8 ޖަމިއްޔާގެ ތެރޭގައި ބ.ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ، (ކިޑްސް) ޖަމިއްޔާ ހޮވައިފިއެވެ.

މިއީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު ހަރަކާތްތަކުގެ ތެރެއިން ތައާރަފު ކުރި ޕްރޮޖެކްޓެކެވެ.

ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑް ހުޅުވާލެވުނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ.

މި ފަންޑަށް ހުށަހެޅުނު ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ އެވެ. ކިހާދޫ ކިޑްސް ޖަމިއްޔާއިން ވަނީ މީގެކުރިންވެސް ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީ ލިބިގެން އެރަށުގެ ބަނދަރުމަތީގައި ޕާކެއްހަދާފަ އެވެ.

496 މީހުންގެ އާބާދީއެއް އޮތް މިހާރު އޮތް ޕާކަކީ، ކުޑަކުދިން ކުޅެލައި މަޖާކޮށްލަން ދާނެ ރައްކާތެރި ތަނެއް ރަށުގައި ނެތުމުގެ ޝަކުވާއަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިފައިވާ އަގުހުރި މަސައްކަތެއްކަމަށް ކިޑްސް އިން ބުނެއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top