ކުޑަރިކިލަށް ޑޮކްޓަރެއް ފޮނުވައިފި

FJY45JRagAM_Wwu-e1642517868328.jpg

ކުޑަރިކިލުގައި ޑޮކްޓަރެއް ނެތި ގިނަދުވަސް ވާތީ އެރަށުސިއްހީ މަރުކަޒު ބަންދުކޮށް ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް އެންމެ ފަހުން މިއަދު އެރަށަށް ޑޮކްޓަރަކު ފޮނުވައިފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ޝެޑިއުލް އާ އެއްގޮތަށް މިއަދު އެރަށުގެ ސިއްހީ މަރުކަޒަށް ޑޮކްޓަރަކު ފޮނުވާފައިވާ ކަމަށެވެ.

“އެއީ މުޒާހަރާ ކުރުމުގެ ސަބަބުން ފޮނުވި ޑޮކްޓަރެއް ނޫން. ކުރިންވެސް ހަމަޖެހިފައިވާ ދުވަހަށް ޝެޑިއުލް އާއި އެއްގޮތަށް ޑޮކްޓަރެއް މި ފޮނުވީ. ” ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު، މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

700 މީހުންގެ އާބާދީއެއް އޮތް ކުޑަރިކިލަށް ވަގުތީ ގޮތުން ފޮނުވީ ބ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެއްކަމަށް މެނޭޖަރު ރަޝީދު ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަ ދުވަހު އެ ރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ދިއުމުން އެ ރަށުގެ ރައްޔިތުން ޑޮކްޓަރަށް ދައްކަމުން އައީ އޮންލައިކޮށް އައިޖީއެމްއެޗަށެވެ.

ކުޑަރިކިލުގައި ހޯޑުލުމާއި ބޭރަށްހިންގުން ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހުން ވެސް އެބަތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top