މަޝްހޫރު ދިވެހި ފިލްމް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ނަހުލާގެ ކުރިއަށް އޮތް ފިލްމް ސޮރީގެ މަންޒަރު ތަކެއް ބ.ކުޑަރިކިލުގައި ކުރިއަށް ގެންގޮސްފިއެވެ.
މިކަމާބެހޭ ގޮތުން ކުޑަރިކިލުން ވާހަކަދެއްކި މީހަކު ބުނީ ނަހުލާގެ އިތުރުން ފިލްމުގެ ކްރޫ އާއި ފިލްމުގެ ލީޑް އެކްޓަރުން ކުޑަރިކިލަށް ގޮސް އެފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވާ ކަމަށެވެ.
ދިގު ބްރޭކަކަށް ފަހު ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ވެގެންދާނީ އޭނާގެ ފިލްމްތަކަށް ލޯބިކުރާ މީހުންނަށް ލިބޭނެ ހިތްހަމަޖެހުމަކަށްވެގެން ދާނެ އެވެ.
މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން ޝީލާ ނަޖީބާއި ހުސައިން ސޮބާހެވެ.
ނަހުލާގެ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ފިލްމު “ބޮސް”އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ.
ކުޑަރިކިލުގައި މީގެކުރިން ވެސް ދިވެހި ބައެއްފިލްމްގެ މަންޒަރުތައް ވަނީ ނަގާފައެވެ. އެރަށު ރައްޔިތުންގެ ފަރާތުން މިފަދަ ކޮންމެ ކަމަކަށް އެހީތެރިވުމަކީވެސް އެރައްޔިތުންގެ ފާހަގަކޮށްލެވޭ ރީތި ސިފައެކެވެ.