ރާއްޖޭގައި ކޮވިޑް އެންމެ ނުރައްކާތެރި ހާލަތަށް !

175997435_1928663070620992_4979395249087645493_n-p64kctqjxbw8gwlxzzvskchddof7brnp0u3iyvxqpc.jpg

އޭދަފުށީގައި ކޮވިޑް ސާމްޕަލް ނަަގަނީ -- ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ގިނަވެ، އެންމެ ނުރައްކާތެރި ހާލަތަށް ބަދަލުވެއްޖެ އެވެ.

ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ “ރެޑް އެލާޓް” ނެރެފައިވަނީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1420 އަށް އެރުމުންނެވެ.

ކޮވިޑްގެ ހާލަތު އަންގައިދިނުމަށް ރާއްޖޭގައި ހަތަރު ކުލައެއް ބޭނުން ކުރެ އެވެ. އެއީ ހުދާއި ރީނދޫ އަދި އޮރެންޖާއި ރަތެވެ. ރޭ، ކޮވިޑްގެ 1،420 ޕޮޒިޓިވް ކޭސް ފެނުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ރަތް ކުލަ ބޭނުންކުރަން ފަށައިފަ އެވެ. މިދިޔަ އަހަރުގެ ޖުލައިގެ ކުރިން ލޮކްޑައުންގައި އޮތް އިރު، ލެވެލް ރެޑްގައި އޮތުމަށް ފަހު، ޖުލައި މަހުން ފެށިގެން ރެއާ ހަމައަށް ބޭނުން ކުރަމުން އައީ އޮރެންޖެވެ.

އިއްޔެއަކީ މިދިޔަ އަހަރުގެ މެއިމަހަށްފަހު ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ރާއްޖެއިން ޕޮޒިޓީވް ވީ 1،465މީހުންނެވެ.

ރާއްޖޭގެ ކޯވިޑްގެ ނަންބަރުތައް އުފުލިގެން ގޮސްފައިމިވަނީ އަލަށް ފެނުނު “އޮމިކްރޯން” ވޭރިއަންޓު މުޖުތަމައުގެ ތެރޭގައި ހަލުވިކަމާއިއެކު ފެތުރެން ފުށުމާއި އެކުގައެވެ. މި ބަލި އެންމެ ނުރައްކާ ހާލަތަކަށް ފެތުރިފައިވާ ގައުމުތައް އެ ހާލަތަށް ގޮސްފައިވަނީ އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މި ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top