ދުވަހަކުވެސް ދެން ކައުންސިލަށް ކުރިމަތިނުލާނަން – ކުރީގެރައީސް އަލީވަހީދު

17888551_805956109570028_442001539_n.jpg

ކުރިޔަށް އޮތްތަނުގައި ދުވަހަކުވެސް ކައުންސިލަށް ކުރިމަތި ނުލައްވާނެކަމަށް އޭދަފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ ވަހީދު (އަލިފުޅު) ވިދާޅުވެއްޖެއެވެ.

އޭދަފުށި ވޮއިސްގެ “ރައްޔިތުންގެ އަޑު” ކޮލަމަށް ދެއްވި އިންޓަވިއުއެއްގެ ހަވާސާގައި އަލީ ވަހީދު ވިދާޅުވީ ކައުންސިލަށް ދިއުމުގެ ވިސްނުމެއް ދެން ނެތްކަމަށާ، ސަރުކާރު ވަޒީފާއަކަށްވެސް ދެން ނުދާނެކަމަށެވެ.

“ދުވަހަކުވެސް ކައުންސިލަށް ދިއުމުގެ ވިސްނުމެއް ނެތް. ސަރުކާރު ވަޒީފާއަކަށް ދިއުމުގެ ވިސްނުމެއް ވެސް ނެތް” ކައުންސިލްގެ ދެ ދައުރުގައި ރައީސްކަން ކުރެއްވި އަލީ ވަހީދު ވިދާޅުވިއެވެ.

މިހަފްތާގެ ރައްޔިތުންގެ އަޑު ކޮލަމަށް އަލީ ވަހީދު ދެއްވި އިންޓަވިއުގައި މިހާރު ކައުންސިލްގައި ތިއްބެވި ބައެއް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އަދި ކައުންސިލުން ވަކިވާންޖެހުނު ސަބަބާއި، ކައުންސިލްގެ ޒިންމާތަކުން ފޫހިވެވަޑައިގަތް ސަބަބުތައް ވިދާޅުވެދެއްވާފައިވެއެވެ. އަލީ ވަހީދު ވިދާޅުވީ ކައުންސިލަށް ނުދިޔަ ކަމުގައި ވިޔަސް އޭދަފުށީގެ ތަރައްޤީގެ ކަންކަމުގައި އަބަދުވެސް ހިއްސާއޮންނާނެކަމަށާ، ފަރުދީގޮތުން އޭދަފުއްޓަށް އަބަދުވެސް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވަމުންދާނެކަމަށެވެ.

2011 ވަނައަހަރު އޮތް ލޯކަލް ކައުންސިލް ފުރަތަމަ އިންތިޚާބުގައި ޑީއާރުޕީގެ ސްލޮޓެއްގައި ވާދަކޮށް ތަނަވަސް އަޣުލަބިއްޔަތަކުން އަލީ ވަހީދު އޭދަފުށީ ކައުންސިލްގެ ގޮނޑިއެއް ޔަގީންކުރައްވައި، 3 އަހަރުގެ ދައުރެއްގައި ރައީސްކަން ކުރެއްވިއެވެ. އަދި ގިނަ އާންމުންގެ އެދުމާއެކު 2014 ވަނައަހަރުވެސް ކައުންސިލަށް ކުރިމަތިލައްވައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކައުންސިލުން ގޮނޑިހޯއްދެވިއެވެ. އަދި ރައީސްކަންވެސް ހޯއްދެވިއެވެ. އޭނާ ކައުންސިލުން އިސްތިއުފާ ދެއްވީ 2015 ވަނައަހަރުގެ ފަހުކޮޅުއެވެ.

ނޯޓް: ރައްޔިތުންގެ އަޑު ކޮލަމަށް އަލީ ވަހީދު ދެއްވި އިންޓަވިއުގެ ބައިތަކެއް މާދަމާ ނޫހުގައި ޝާއިއުކުރުމަށް ހަމަޖެހިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top