ފޭރާމުގައި ޖެހޭ ލައް ފިލުވާލުމަކީ އުނދަގޫ ކަމެއްނޫން

Wash-hands-linen-Waching-cloths-in-handTR.jpg

އެންމެންނަށްވެސް ގަބޫލު ކުރެވިފައި އޮންނަނީ ކާއެއްޗެތިން ނުވަތަ އެހެން ގޮތަކުންވެސް އަންނައުނުގައި ޖެހޭ ލައް، ފިލުވާލުމަކި އުނދަގޫ ކަމެއްގެ ގޮތުގައެވެ. ބާޒާރުން ލިބެން ހުންނަ “ސްޓެއިން ރިމޫވަރ’ އިންވެސް އެލައްތައް ފިލާކަމަކަށް ނުވެއެވެ. އެހެންކަމުން ގިނަފަހަރަށް ހަދާގޮތަކީ ފަސޭހަކޮށްލަން “ލައްފިލުވާ” ޖަހާލަނީއެވެ. އޭރުން އެލަކާއެކު ހެދުމުގެ ކުލަވެސް ބަދަލުވެގެން ދަނީއެވެ.

ކުލައެއްޗިއްސާއި ހުދު އެއްޗެތީގައި ޖެހޭ ލައް ފިލުވާލުމަށް ގިނަ ވައްތަރުގެ ޑިޓާޖެންޓްތައް ވިއްކަންހުރެއެވެ. އެހެންނަމަވެސް އޭގެ އިފެކްޓް ފުރިހަމަ ގޮތުގައި ކުރާކަމަށް ގިނަ ބަޔަކު އެއްބަހެއް ނުވެއެވެ.

ދެންހަދާނީ ކިހިނެއް ހެއްޔެވެ؟

ހާސްނުވާށެވެ. ! އެކަމުގެ ހައްލު މިއޮތީ ފެންނާށެވެ. ފަސޭހަކަމާއެކު ބޮޑު ޚަރަދަކާނުލައި ހެދުމުގައި ޖެހިފައިހުންނަ ލައް ފިލުވާލެވޭނެ ފަސޭހަ ގޮތްތަކެއް މިއޮތީއެވެ. މި ލައް ފިލުވާއަކީ ގޭގައި ފަސޭހައިން ތައްޔާރުކުރެވިދާނެ އަދި ކެމިކަލް ފްރީ އެއްޗިއްސެވެ. ބޭނުންވާނެ ތަކެއްޗާ ތައްޔާރުކުރާގޮތް ތިރީގައި މިވަނީއެވެ..

ބޭކިންގ ސޮޑާ

އެއްޖޯޑު ބޭކިންސޮޑާގެ ތެރެއަށް 4 ލިޓަރު ފެން އެއްކޮށް ރަނގަޅަށް މިކްސް ކުރުމަށްފަހު ދޮންނާށެވެ. މަދު މިނިޓްކޮޅެއްގެ ފަހުން މީގެ ރަނގަޅު ނަތީޖާ ފެންނާނެއެވެ. ފޭރާމުގެ އަސްލުކުލާއާއި ތަފާތެއްނެތި ހުރިހާ ލަކެއްވެސް ހުންނާނީ ފިލައިގެން ގޮސްފައެވެ.( ބޭކިންގ ސޮޑާއަކީ ފިހާރަތަކުގައި އާއްމުކޮށް ވިއްކަން ހުންނަ އެއްޗެކެވެ.)

ވިނިގަރ އާއި ލުނބޯ 

ލުނބޯ ޖޫހާއި ވިނިގަރ އެއްކޮށްގެން މޮޅު ދޮންނަ ލިކުއިޑެއް ތައްޔާރު ކުރެވިދާނެއެވެ. މި ލިކުއިޑް ބޭނުންކޮށްގެން ދޮވެލުމުން ލައް ފިލުވުމުގެ އިތުރުން ވަރަށް މީރުވަހެއްވެސް ދުވާނެއެވެ.

އެސްޕިރިން

ބޯތައްޓަކަށް ފެން އެޅުމަށްފަހު 6 ގުޅަ އެސްޕިރިން އާއި އެއްކޮަށްފައި އެ ފެނުން ދޮވެލާށެވެ. ބައިގަޑިއެއްހައި އިރު ފަހުން ފޭރާމުގައި ހުރި ހުރިހާލަކެއް ހުންނާނީ ހެދުމަުގެ އަސްލު ކުލައާއި އެއްގޮތަށް ސާފުކޮށް ދޮވެވިފައެވެ.

މަސްދަރު : ގުޑްމޯނިންގ ސެންޓަރ ޑޮޓްކޮމް


 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top