ގަސްތަކާއި ވިނަތަކުން ފުރި ބަންޑުންވާން ކައިރިވެފައިވާ އޭދަފުށީ ގަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ބުރާސްފަތި ދުވަހު ކައުންސިލުން މިމަސައްކަތް ފެށީ އަމިއްލަ ބަޔަކާ ހަވާލު ކޮށްގެންނެވެ. ކައުންސިލް މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ މިމަސައްކަތް މިމަހުތެރޭގައި ނިންމާލެވޭނެކަމަށާ، ކުރިޔަށް އޮތްތަނުގައި ގަބުރުސްތާނާމެދު ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ.
ގަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިމިވަނީ އެތަނުގައި ގަސްބޯވެ، ކުނިބުނި ގިނަވެފައިވާ މައްސަލާގައި ބ. އަތޮޅު ހޮސްޕިޓަލުންވެސް ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ގަބުރުސްތާނުގައި ގަސްބޯވެ، އެތަނުގެ ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވެއެވެ.