ދިވެއްސާއި، އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރަނީ

DSCN1024.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

ރާއްޖޭގެ ތައުލީމީ މުގައްރަރު މުރާޖައާކޮށް، ގްރޭޑް 1 އިން 3 އަށް ދިވެހި، އިސްލާމް އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަމީނިއްޔާ ސްކޫލްގެ 2024އާއި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށއްދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު ވެސް ސްކޫލް ތަކުގައި ކިޔަވައިދެނީ، 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މުގައްރަރަކަށް ކަމަށާއި އެކަށީގެންވާ ބަދަލުތަކެއް އެ މުއްދަތުގެ ތެރޭގައި މުގައްރަރަށް އައިސްފައެއް ނުވެއެވެ.

އެހެންކަމުން ޒަމާނަށް އައި ބަދަލުތަކާ އެއްކޮށް އަދި 2015އިން މިދިޔަ އަހަރުގެ ނިޔަލަށް ލިބުނު ނަތީޖާތަކަށް ރިއާޔަތްކޮށް، ރިވިޝަންތަކެއް ހަދަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”މިހާރަށް ވުރެ ގިނަ ވަގުތު ދިވެހި މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު އިސްލާމް މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު ހިސާބު މާއްދާ ކިޔަވަން. އަދި ކުދިންގެ އެކިއެކި ބަސްތައް ދަސްކުރާ ވަގުތުވެސް އިތުރު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިދަނީ މަސައްކަތް ކުރަމުން،“

މިނިސްޓަރު ވިދާޅުވީ، އުންމީދަކީ އަންނަ އަހަރު ކީ ސްޓޭޖު އެކެއްގެ ދަރިވަރުން ކަމަށްވާ ގްރޭޑް އެކަކާއި ދޭއްގެ އިތުރަށް ތިނެއްގެ ދަރިވަރުންނަށް އެ ބަދަލުތައް ގެނެވޭނެ ކަމަށެވެ.

ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ވިސްނުމަށް ކުރާ ނުފޫޒުތަކުން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުދިންނަށް އަޅާލުމާއި ތަރުބިއްޔަތު ދިނުމުގައި ގޭތެރޭގެ މާހައުލަކީ އެންމެ މުހިއްމު ތަން ކަމަށެވެ. އެހެންކަމުން ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަމަށް ޝަފީއު ވިދާޅުވިއެވެ.

ދަރިވަރުންނަށް އެހީތެރިކަން ބޭނުންވާ ދަނޑިވަޅުތަކުގައި ބެލެނިވެރިންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، އެފަދަ ކަންކަން އިސްލާހުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

އިސްލާމާއި ދިވެއްސާއި ހިސާބު މާއްދާ ކިޔަަވައިދޭ ވަގުތު އިތުރުކުރާއިރު، އޭގެތެރެއިން ހިސާބު މާއްދާއިން ފާސްވާ ދަރިވަރުން ދަށްވާ ކަމުގެ ކަންބޮޑުވުން ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ފާޅުކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top