މިއަދަކީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް

12027726_914761518598864_1374695814452652620_n.jpg

އޭދަފުށީގައި 2015 ވަނައަހަރު ބޭއްވި ފުނަ ހަރާކާތުގައި ބައިވެރިވި އަންހެނުންތަކެއް. މިއަދަކީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް / އީވީ ފައިލް ފޮޓޯ

ކޮންމެ އަހަރެއްގެ މާރޗް މަހުގެ އަށްވަނަ ދުވަހަކީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށާއި އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރެވޭ އަންހެނުންގެ ދުވަހެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، މުޖުތަމަޢުގައި އަންހެނުންގެ ދައުރާއި އަންހެނުންނާ ގުޅިފައިވާ ކަންބޮޑުވުންތަކަކީ ކޮބައިކަން ބަލާލުން މުހިންމެވެ. އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ، އެކިއެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ އަދި ކުރަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމާއި، އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މުޖުތަމައުގައި އެމީހުންނަށް ހައްޤުވާ މަޤާމް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރުމެވެ. މީގެއިތުރުން އަންހެނުންނަށް ކުރެވޭ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކޮށް އަންހެނުންގެ ޙައްޤުތައް އޭގެ ފުރިހަމަ މާނައިގައި ލިއްބައިދިނުމަށް މަސައްކަތް ކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ދުވަސް ފާހަގަކުރާތާ ސަތޭކައަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ތާރީޚުން ހެކިދޭ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ފުރަތަމަ އަންހެނުންގެ ދުވަހެއް ފާހަގަކޮށްފައިވަނީ އޮނަވިހި ސަތޭކަ އެގާރަވަނަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top