ފޮޓޯއިން ހަބަރު: ކިހާދޫގައި “ވޯޓާ ވިލާ” އެއް ހަދައި އާންމުންނަށް ހުޅުވާލުން

1-1.jpg

ބ. ކިހާދޫ ޒުވާނުން އެރަށުގައި ތަރައްޤީ ކޮށްފައިވާ "ވޯޓާވިލާ" ސަރަހައްދު. މިއީ ކިހާދޫގެ އާންމުންނަށް އެރަށުގެ ޒުވާނުން ތައްޔާރުކޮށްދީފައިވާ ޕާކެއް / ފޮޓޯ: ނަޒްމީ އާދަމް

ބ. ކިހާދޫ (30 އޮކްޓޯބަރ 2017) :- ބ. ކިހާދޫގެ އާންމުންނަށް އަމާޒުކޮށްގެން އެރަށުގެ ޒުވާނުން ކިހާދޫ އަތިރިމަތީ ސަރަހައދުގައި “ވޯޓާވިލާ” އަކާއި، ހިތްފަސޭހަ މައިޒާނެއް ހަދައި، އާންމުކޮށް އެތަން ހުޅުވާލައިފިއެވެ.

ކިހާދޫ ކައުންސިލުން ބުނީ ކައުންސިލްގެ ހުއްދައާއެކު ޒުވާނުންގެ އަމިއްލަ ހަރަދުގައި ތަރައްޤީކޮށްފައިވާ މިސަރަހައްދުގައި ހިތްއުފާކޮށްލުމަށް މަޑުކޮށްލެވޭނޭ، ހަޓްތަކާއި، މޫދަށް އެރެވޭނޭ އިންތިޒާމްތަކާއި އެކު “ވޯޓާ ވިލާ” އެއްވެސް ތަރައްޤީކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވީ އެރަށުގެ އިރު އުތުރު ފަރާތުގައި ހަދާފައިވާ މިސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރާ ކަމަށާ، މިއީ އިޖްތިމާއީ ގޮތުން ބަލާއިރު ޒުވާނުން ކޮށްފައިވާ ވަރަށް ރަނގަޅު ކަމެއްކަމަށް ދެކޭ ކަމަށެވެ.

“ވަރަށް ގިނަ މީހުން ކޮންމެ ދުވަހަކުވެސް ވޯޓާވިލާއަށް ދޭ އިނގޭތޯ. ކުޑަކުދިންނާ ބޮޑެތި މީހުންވެސް، މޫދަށް އެރިލާ، ކުދިންނާއެކު ކުޅެލާ ހިތްއުފާކޮށްލަށް ވަރަށް ފައްކާ ތަނެއްގެ ގޮތުގައި އެތަން ފެންނަނީ” ނަސީމް ވިދާޅުވިއެވެ.

ފޮޓޯތައް: ނަޒްމީ އާދަމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top