ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން މާލީ އެހީ ދެނީ

photo1712596658-850x548-1.jpeg

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތު ހައުސް މެދުވެރިކޮށް ޔަތީމު ކުދިންނަށް މާލީ އެހީ ލިބޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ، އެ ނިޒާމުގެ ދަށުން ޔަތީމު ކުދިން ބޮޑު ވަންދެން ކޮންމެ އަހަރަކު ޒަކާތް ހައުސް މެދުވެރިކޮށް އެކުދިންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިފުތިތާހުކުރީ މިސަރުކާރުގައި މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ”ޒަކާތު ހައުސް” އަކީ އިސްލާމީ ޝަރީއަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމްކުރެވޭ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ ދަށުން އެކުލަވާލެވިފައިވާ އިދާރާއެކެވެ.

އެ އިދާރާ ގާއިމުކުރުމުގެ ބޭނުމަކީ ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކޮށް އެ ނިޒާމު ހަރުދަނާ ކުރުމުގެ ބޭނުމުގައެވެ. އެ ފަންޑަށް ޖަމާވާ ފައިސާ މެދުވެރިކޮށް ރާއްޖޭގައި ތިބި ފަގީރުންނާއި ޔަތީމުންނަށް މެދު ކެނޑުމެއްނެތި ޚަރަދުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިއެވެ.

މި ފަންޑު އެކުލަވާކުމަށް ފަހު އެ އިދާރާއިން ވަނީ އެހީގެ ގޮތުގައި ފެބްރުއަރީ މަހު 700،000 އަށް ވުރެ ގިނަ ރުފިޔާ ދީފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top