ޗައިނާއިން ގަންނަ މުދަލަށް ދިވެހިރުފިޔާއިން ފައިސާ ދެއްކޭގޮތް ހަދަނީ

large_142883979742Jfpy.jpg

އިކޮނޮމިކް މިނިސްޓަރު މުހައްމަދުސައީދު--ފޮޓޯ : ސަން

ދިވެހި ވިޔަފާރިވެރިން ޗައިނާއިން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ،ޑރ.މުހައްމަދު މުއިއްޒު، މިއަދު ލ. އަތޮޅަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ލ.މާވަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ، މިސަރުކާރުގެ އަމާޒުހުރީ މަދުވެގެން ދެއަހަރު ތެރޭގައި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ބަދަލުކޮށް އެއަށްވުރެވެސް ދަށް ކުރުމަށް ކަމަށެވެ.

ވިޔަފާރީގައި ހުޅުވާލެވިފައި އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ ސިފަކުރައްވައި ވަޒީރު ސައީދު ވިދާޅުވީ، ޗައިނާއާއެކު 720 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާއެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރާކަމަށެވެ.

ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ އެކި ގައުމުތަކުން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެމަނިކުފާނުގެ އަމާޒުކަން ފާހަގަކުރައްވައި ވިދާޅުވީ، ވަރަށް އަވަހަށް ޗައިނާގެ ޔުއާންއިން އިމްޕޯޓްކުރާ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މިގޮތަށް ހަމަޖެހުމުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ 30 ނުވަތަ 40 ފަސެންޓް ވަރުގަދަވެގެންދާނެކަމަށާއި ނަތީޖާއަކަށް ވެގެންދާނީ ޑޮލަރުގެ ރޭޓް 15.42 އަކަށްވުރެ ވެސް ދަށަށް ދިއުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ ދުނިޔޭގެ މަޝްހޫރު ހުރިހާ އީވޮލެޓެއް ރާއްޖެ ގެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއޭ، ސިންގަޕޯރ، މެލޭޝިއާ، އިންޑިއާ، ޔޫއޭއީ ފަދަ ގައުމުތައް ފާހަގަކުރެއްވިއެވެ. އެގޮތުން މިމަހު 14 ގައި އަލިޕޭ، އަދި ވީޗެޓުން ރަސްމީ ސިފައެއްގައި ވާހަކަދެއްކުމަށް ރާއްޖެ ތައްޔާރުވަމުން އަންނަކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top