ބަރާބަރު ޔޫސުފް ނިޔާވެއްޖެ

Doc1.jpg

މިއަދު ހެނދުނުގެ ވަގުތެއްގައި ބ.އޭދަފުށީ ސަކީނާ މަންޒިލް ޔޫސުފް މުހައްމަދު (ބަރާބަރު ޔޫސުފް ) ނިޔާވެއްޖެއެވެ.

ގިނަ ދުވަސްތަކަކު ބަލިވެއުޅުއްވުމަށްފަހު ޔޫސުފް ނިޔާވެފައިވަނީ މާލޭގެ އައިޖީއެމް ހޮސްޕިޓަލުގައި މިއަދު ހެނދުނުއެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 76 އަހަރެވެ.

ޔޫސުފް މުހައްމަދަކީ 1968 ވަނައަހަރު އޭދަފުށްޓަށް ބަދަލުކުރި މާއްޑޫ، އުނޑޫދޫ، އަދި ފުނަދޫގެ ރައްޔިތުންގެ ތެރޭގައި އިޖްތިމާއީ ރޫހް އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، މަޝްހޫރު ބޭފުޅެކެވެ.

އޭދަފުށީ ޖަމްއިއްޔަތުލް ވަފާ އުފެއްދުމުގެ މޭސްތިރިޔާ ޔޫސުފް މުހައްމަދު ވަނީ ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ އަންހެނުން ނަމާދުކުރުމަށް އަށްޑިހައިގެ ކުރީކޮޅު މިސްކިތެއްވެސް ބިނާކޮށްދެއްވާފައެވެ.

އުމްރާނީ ގޮތުން ޔޫސުފް މުހައްމަދުގެ މަސްއޫލުވެރިކަމުގައި ޖަމްއިއްޔަތުލް ވަފާއިން ކުރި އެންމެބޮޑު މަސައްކަތަކީ ނަވާރަސަތޭކަ އަށްޑިހައިގެ މެދުތެރޭގައި ހުޅަނގު ސަރަހައްދުގެ ހުރިހާ ގޯއްޗެއްގެ ވަށާފާތު ރޭނުމުގެ މަސައްކަތެވެ.

ޔޫސުފް މުހައްމަދު ނިޔާވިއިރު އޭނާގެ 5 ކުދިންނާއި، ކާފަދަރިން ދުނިޔޭގައި އެބަތިއްބެވެ.

އަލްމަރުޙޫމް ޔޫސުފް މުހައްމަދުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީވީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top