އަތޮޅުގެއަށް ފައިސާ ނުދައްކާ ކައުންސިލަރުން ގޮވައިގެން ކޯޓަށް ދާނެ – އަތޮޅު ކައުންސިލް

image-0-02-05-bab8962b3f08ee15477176e93c98616e460905134ca039e029a2a92a2ae41729-V.jpg

ބ. އަތޮޅުގެ. ކައުންސިލަރުން ކުއްޔަށް ދައްކަން ހުރި ފައިސާ ކޯޓަށް ގޮސްގެންވެސް ހޯދާނެކަމަށް އަތޮޅު ކައުންސިލުން ބުނޭ / އީވީ ފައިލް ފޮޓޯ:

ބ. އަތޮޅުގޭގައި ދިރިއުޅުއްވި ކައުންސިލަރުންގެ ތެރެއިން މިހާތަނަށް ކުލި ނުދައްކަވާ ކައުންސިލަރުން އަތުން ފައިސާ ހޯދުމަށް ކޯޓަށް ދާނެކަމުގެ އިޝާރާތެއް އަތޮޅު ކައުންސިލުން ކޮށްފިއެވެ.

އަތޮޅު ކައުންސިލުން މިކަމަށް އިޝާރާތްކުރީ އެކައުންސިލްގެ މިހާރުގެ ރައީސް މުހައްމަދު އާދިލް އީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ. އަތޮޅު ކައުންސިލްގެ ދެދައުރުގެ ތަޖުރިބާއާ ބެހޭގޮތުން އީވީއަށް ދެއްވި ހާއްސަ އިންޓަވިއުގެ ހަވާސާގައި އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އާދިލް ވިދާޅުވީ އަތޮޅުގެއަށް ދަައްކަންޖެހޭ ފައިސާ ހޯދުމަށް އެތައް ފަހަރަކު މެމްބަރުންނަށް ދެންނެވިފައިވާ ކަމަށާ، އެންމެ ފަހުން އޮންނާނީ ޝަރުއީ މަރުހަލާ ކަމަށެވެ.

“އަޅުގަނޑުމެން ދަންނަވަމުން މިދަނީ ފައިސާ ދައްކަން. ދެން ފައިސާ ނުލިބިއްޖެއްޔާ އަތޮޅު ކައުންސިލުން ޝަރުއީ މަރުހަލާއަށް ގޮސްގެންވެސް ފައިސާ ހޯދާނެ. އެކަން ކުރާނެ ކައުންސިލުން” އާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަތޮޅުގެއަކަށް ވިޔަސް އަދި އެހެންތަނަކަށް ވިޔަސް ދަންކަން ޖެހޭ ފައިސާއެއް ކަނޑައެޅިފައިވާ ގޮތަށް ދެއްކުމަކީ ކުރަންޖެހޭ ކަމެއް ކަމަށާ، މިކަންކަން ކައުންސިލަރުންނަށް އޮޅިފައި ނޯންނާނެކަމަށެވެ.

އީވީއަށް އަތޮޅު ކައުންސިލުން ޖެނުއަރީ މަހު ދިން މައުލޫމާތުން އެނގޭގޮތުގައި އަތޮޅު ކައުންސިލަރު ހަސަން ސިރާޖް، އެހާތަނަށް އަތޮޅުގެ ކުލި އެއްމަހުވެސް ނުދައްކަވައެވެ. އަދި މެމްބަރ އިބްރާހީމް ޝަރީފް އާއި އަލީ ނާއިޒް އެހާތަނަށް ދައްކަވާފައިވަނީ ހަމައެކަނި 2700 ރުފިޔާ އެވެ. ނަމަވެސް ކައުންސިލްގެ ރައީސް އާދިލް ދައްކަވަންޖެހޭ 15560 ރުފިޔާ ދައްކަވާފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

މިހިނގާ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި އަތޮޅުގޭގައި ތިއްބެވި ކައުންސިލަރުން ކުލީގެ ގޮތުގައި މަހެއްގެ މައްޗަށް ދެއްކުމަށް ހަމަޖައްސާފައި އޮންނަނީ -/600 ރުފިޔާއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top