އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލު ގުޅިގެން އޭދަފުށީގައި ލޮލުގެ ކޭމްޕެއް

DSCN7555.jpg

ބ.އަތޮޅު ހޮސްޕިޓަލް

ބ.އަތޮޅު ކައުންސިލާއި އަތޮޅު ހޮސްޕިޓަލް ގުޅިގެން އޭދަފުށީގައި ލޮލުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 24 އިން ފެށިގެން 28ގެ ނިޔަލަށް ބ.އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ލޮލުގެ ކޭމްޕްގައި ޑޮކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މަޝްހޫރު އައިކެއާ ގެ ޑޮކްޓަރުން ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

ލޮލުގެ ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ލޮލުގެ ނަންބަރު ނަގައިދިނުމާއި އައިނު ހެއްދުމާއި ލޮލުގެ ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާ ދެއްވުން ހިމެނެއެވެ.

ކޭމްޕްގައި ބައިވެރިވުމުގެ ގޮތުން އެޕޮއިންޓްމަންޓް ހެއްދެވުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 15އިން ފެށިގެން 21ގެ ނިޔަލަށް އެދުވަސްތަކުގެ މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 11.00 އާ ހަމައަށެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ ފޯން ނަންބަރު 6600248 ،6608309 އާ ގުޅުއްވުމުން އެޕޮއިންޓްމަންޓް ހަމަޖެހޭނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top