”އޭދަފުށި ބެޑްމިންޓަން ކަޕް 2024“ މިމަހު 26 ގައި ފެށުމަށް ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލާއި، ރިވައިވަލް ސްޕޯޓްސް ގުޅިގެން ބާއްވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 15 އާއި ހަމައަށް ވަނީ ހުޅާވާލާފަ އެވެ.
މި މުބާރާތުގައި އިވެންޓަކާއި އޯޕަން އިވެންޓްގެ މެޗުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހި ކުޅުންތެރިންނަށެވެ. އަދި މުބާރާތުގެ ޓީމު އިވެންޓްގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ ސްޕޯޓްސް ކޮމިޝަންގައި ރަޖީސްޓްރީ ކޮށްފައިވާ އެކްޓިވް ކްލަބް ތަކަށެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 27 އިން އޮކްޓޯބަރު 4 އަށް އޭދަފުށީ ބެޑްމިންޓަން ކޯޓުގަ އެވެ.
އޭދަފުށީ ކައުންސިލުން މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ އާއި ރަނާއަޕް ޓީމަށް 10،000 ރުފިޔާ ދޭން ނިންމާފައިވާއިރު މިމަހު ފަށާ ”އޭދަފުށި ކަޕް“ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އާއި ރަނާއަޕް ޓީމަށް 25000 ރުފިޔާ އާއި ބައެއް ކްލަބްތަކުން އެދިގެން ރަށުން ބޭރުން ކުޅުންތެރިން ގެނައުމަށް އޭދަފުށީގެ ކްލަބަކަށް 25000 ދީފައިވާކަން ކައުންސިލުގެ ޔަމިއްޔާތަކުން އެނގެ އެވެ. ކައުންސިލުން ބުނީ މި އެހީ ދޭން ނިންމީ އެހީ ދިނުމާބެހޭ އުސޫލާއި މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.