އަތޮޅު ކޮމްޕްލެއިންސް ބިއުރޯ ގާއިމުކޮށްފި

electyion-e1609061387569.jpg

އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، އަތޮޅު ކޮމްޕްލެއިން ބިއުރޯއެއް މިއަދު ގާއިމު ކޮށްފިއެވެ.

އަތޮޅު ތަކުގައި ކޮމްޕްލެއިންސް ބިއުރޯ ގާއިމ ކުރުމުން އިލެކްޝަން އާއި ގުޅިގެން ހިނގާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިލެކްޝަނުން ބުނެއެވެ. އަތޮޅު އިލެކްޝަން ބިއުރޯއާއިއެކު އެއަތޮޅެއްގެ ރަށްތަކުގައި އިންތިޚާބާއި ގުޅިގެން ދިމާވާ ހުރިހާ ޝަކުވާވާއެއް އެބިއުރޯއަކަށް ހުށަހެޅުމަށްފަހު، އަތޮޅު ބިއުރޯއިން މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށް އީސީއިން ބުނެއެވެ. އަތޮޅު ބިއުރޯއިން ހައްލު ނުކުރެވޭ ޝަކުވާތައް މާލޭގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ހައްލު ކުރެވިގެންދާނެކަމަށް ވެސް އީސީ އިން ބުނެއެވެ.

އަތޮޅު ކޮމްޕްލެއިންސް ބިއުރޯގައި ތިއްބަވާނީ ތިން މެމްބަރުން ނެވެ.

ކޮމްޕްލެއިން ބިއުރޯތަކަށް ޝަކުވާ ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްސަ ކުރެވި ފޯމު މެދުވެރިކޮށެވެ.

އީސީ އިން މިއަދު ހުރިހާ ސަރަހައްދެއްގައި ކޮމްޕްލެއިންސް ބިއުރޯ ގާއިމްކޮށްފައިވާއިރު އިއްޔެ ވަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފައެވެ. ވޯޓާސް ލިސްޓްގައި ސޮއިކުރަން ހަމަޖެހިފައިވަނީ އިއްޔެ އިން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެވެސް ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.

މިމަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއަށް އިލެކްޝަނުން ވަމުންދާއިރު، މިފެށޭ ހަފްތަގައި ވޯޓު ކަރުދާސްތައް ރަށްތަކަށް ފޮނުވުމަށް މަސައްކަތް ފަށާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top