ކައުންސިލް އިންތިޚާބު މާޗް ގައި ނުބޭއްވޭނެ: އީސީ

received_200148444634938-485x300.jpeg

އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް އިތުރު ކުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު މާރިޗް 6 ވަނަ ދުވަހު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 3ވަނަ ދުވަހާއި ހަމައަށް އަނެއްކާވެސް ދަމަހައްޓަން ނިންމިކަން އިއުލާނު ކުރީ މިއަދު އެވެ.

ބައެއް މީޑިއާ ތަކަށް މި މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން މިއަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހުނު ލޯކަލް ކައުންސިލު އިންތިހާބު، އެދުވަހު ނުބޭއްވޭނެ ކަމަށެވެ.

“ފެބްރުއަރީ ތިނަކާއި ހަމައަަށް ގޮސްފިކަމުގައި ވަންޏާމުން، އަޅުގަނޑުމެން އިއުލާނުކޮށްފައި އޮތް ހައެއް މާރޗްގައި އިންތިހާބު ނުބޭއްވޭނެ، އެއީ 30 ދުވަސް ތެރޭގައި އިންތިހާބަށް ތައްްޔާރުވެެގެން، އިންތިހާބުގައި ކުރަން ޖެހޭ، އަދި އޮންނަ ތަރީހަށް ބަލާފައި، ރީރަޖިސްޓްރޭޝަންއާއި ކަންކަން ބެލުމަށްފަހުގައި އެއްމަސް ތެރޭގައި ނުބޭއްވޭނެ އިންތިހާބު” އީސީ ޝަރީފު ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވީ އަންނަ ބުދަ ދުވަހު ބާއްވާ އިލެކްޝަންސްގެ ބައްދަލުވުމުގައި މިކަމުގައި ކުރިޔަށް ދެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަދި ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިޚާބު ވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެމްބަރުންނާއެކުގައި ކަމަށް ވެސް ގާނޫނުގައިވެ އެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ނިންމުންތައް ނިންމާނީ ބުދަ ދުވަހު ބާއްވާ ބައްދަލުވުމުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top