މޫސުން ގޯސްވުމާ ގުޅިގެން ގޮއިދޫ ދަނޑުތަކަށް ބައިލައްކަ ރުފިޔާގެ ގެއްލުން

image-0-02-06-3f5f84f2aed042cb95e7ba40255f1c467998700c569ca00d310c1bfaaf559e01-V.jpg

ގޮއިދޫގެ ކަރާ ދަނޑެއް. ވިއްސާރައިގެ ސަބަބުން ބައިލައްކައެއްހައި ރުފިޔާގެ ގެއްލުނު ލިބުނުކަމަށްވޭ .

ބ. ގޮއިދޫން އަހްމަދު ޝާމް

މިދިޔަ ހަފްތާއެއްހާދުވަހު ރާއްޖޭގެ ސަރަހައްދަށް ކުރި ހުޅަނގުމޫސުމުގެ ވިއްސާރައިގައި ބ. ގޮއިދޫ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެރަށު ދަނޑުވެރިން ބުނެފިއެވެ.

ގޮއިދޫގައި ފުޅާ ދާއިރާއެއްގައި ދަނޑޫވެރިކަން ކުރާ ފަރާތަކުން ނަންނުޖެހުމަށް1 އެދި އީވީއަށް މައުލޫމާތު ދެމުން ބުނީ މުޅި ދަނޑު ހަލާކުނުވިނަމަވެސް ނިސްބަތުން ބޮޑެތި ގެއްލުންތަކެއް އޭނާގެ ދަނޑުތަކަށް ލިބުނުކަމަށެވެ.

“ކަރާދަނޑުަތަކަށްވެސް، ބަށި ގަސްތަކަށްވެސް ބޮޑެތި ގެއްލުން ލިބުނު. އަދި ފާގަ ކަހަލަ އެއްޗެތި ހައްދާފައިހުރި ކޮށިތައްވެސް އެހުރީ ވެއްޓި ހަލާކުވެފައި. ގެއްލުން ކުޑައެއް ނުވާނެ”

ގޮއިދޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ކައުންސިލް މެމްބަރ އިލިޔާސް އިބްރާހީމް ވިދާޅުވީ ގޮއިދޫގެ ހުރިހާ ދަނޑުތަކަށް ނިސްބަތުން ލިބުނު ގެއްލުން ބައިލައްކައެއްހާ ރުފިޔާއަށް އަރާނެކަމަށާ، މިކަމުގެ ސަބަބުން ދަނޑުތަކުން ރޯދަމަހު ނެރެވޭނެކަމަށް ކުރިން ލަފާކުރި ތަކެތި މަދުވާނެކަމަށެވެ.

ގޮއިދޫގައި ރޯދައަށް ޚާއްސަކޮށްގެން ހައްދާފައިވާ ކަރާ ދަނޑެއް

“ބައިލައްކަ ރުފިޔާގެ ގެއްލުމެއް ނުވާނެއެކޭ ނުބުނެވޭނެ. ވިޔަސް ވާނީ ބޮޑު ކަންނޭގެ. ސީދާ ހިސާބުތަކެއް ކައުންސިލަކުން ނުހަދާ. ރޯދަމަހު ބާޒާރަަށް ނުކުންނަ ތަކެތި މަދުނުވިޔަސް. ކުރިން ލަފާކުރި އަދަދަށްވުރެ މަދުވާނެތާ ގެއްލުންވީމަ. އިލިޔާސް ވިދާޅުވިއެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކޮންމެ އަހަރަކުވެސް ބ. ގޮއިދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. އަދި މިއަހަރު އެންމެ ބޮޑު ގެއްލުމެއް ލިބުނީ މިދިޔަ ހަފްތާ ކުރި ވިއްސާރައިގައި ކަމަށް ގޮއިދޫ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top