ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ :ބީއެމްއެލް

0-02-05-f5c879ee21b45828e841d0e73fbb28c14eea19e4fae5f2f6b66defde23441492_full-1024x626-800x477-800x477.jpg

ކްރެޑިޓް ކާޑު ނުވަތަ ޑެބިޓްކާޑުގެ މައުލޫމާތު ހޯދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުގުޅާނެކަމަށް އެބޭންކުން ބުނެފިއެވެ.

މިކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެދެމުން ބީއެމްއެލްއިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ބީއެމްއެލްގެ ނަމުގައި ކަސްޓަމަރުންނަށް ގުޅައި މައުލޫމާތު ސާފު ކުރުމަށް މަސައްކަތް ކުރާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި މި ފަދަ ރިޕޯޓުތައް އެ ބޭންކަށް ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށާއި، ނަމަވެސް އެއްވެސް ހާލަތެއްގައި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ކަމަށް ބޭންކުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ ފޯނުން ގުޅައިގެން، އެސްއެމްއެސް މެދުވެރިކޮށް އަދި މެއިލް މެދުވެރިކޮށްވެސް ބޭންކުގެ ނަމުގައި ބަޔަކު ދަނީ އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދަމުންނެވެ.

އެ ބޭންކުން ގުޅާނަމަ މޯބައިލް ނަންބަރަކުން ނުގުޅާނެ ކަމަށާ އެސްއެމްއެސް މެދުވެރިކޮށް އެކައުންޓު އަދި ކާޑުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ނުކުރާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ”ބީއެމްއެލް” ގެ ނަމުގައި އެކައުންޓު އަދި ކާޑުގެ މައުލޫމާތު ހޯދުމަށް މެސެޖު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ވެސް ބީއެމްއެލް އިން ވަނީ އެދިފައެވެ.

މި ފަދަ މެސެޖެއް، ފޯނު ކޯލެއް ނުވަތަ އީމެއިލެއް ލިބިއްޖެ ނަމަ ވީހާވެސް އަވަހަކަށް ފޭސްބުކް ނުވަތަ ޓުވިޓަ މެދުވެރިކޮށް ނުވަތަ ބީއެމްއެލްގެ ނަންބަރު 3330200 އަށް ގުޅައި އެކަން އެންގުމަށް ބޭންކުން އިލްތިމާސް ކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top