75ދުވަސް ފަހުން އޭދަފުށި އާއްމު ހާލަތަށް

DSCN9874.jpg

އޭދަފުށި---އީވީ ފޮޓޯ

އޭދަފުށިން ކޮވިޑް ރޯގާ ފެނިގެން ރަށް ބަންދުކޮށް މޮނިޓަރިންގގައި 75 ދުވަހު އޮތުމަށްފަހު މިއަދު ހަވީރު މޮނިޓަރިން އުވާލައި ރަށް ހުޅުވާލައިފި އެވެ.

މޮނިޓަރިންގ ހާލަތު އުވާލިކަން އެންގުމުގެ ގޮތުން އެޗްޕީއޭއިން އާއްމު ކޮށްފައިވާ އެންގުމެއްގައި ބުނީ ކޮވިޑް -19 އިން ރައްކާތެރި ވުމުގެ ގޮތުން ގާނޫނު ނަންބަަރު 2012/7 ގެ 1ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން ، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓާނެ ސަބަބެއް މި ވަގުތު ނެތް ކަމުން އެހާލަތު އުވާލީ ކަމަށެވެ.

އެހެންކަމުން މޮނީޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުން އައީކަމަށް ވެސް އެ އެންގުމުގައި ބުނެފައިވެ އެވެ.

ކޮވިޑާއި ގުޅިގެން އޭދަފުއްޓަށް އަރައިފޭބުން މަނާކޮށް މޮނިޓަރިން އަށް ލާފައިވަނީ އޭޕްރިލް 19 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެރަށް ބަންދުކޮށްފައި އޮންނަތާ 75 ދުވަސްވެފައިވާއިރު، އެރަށުން 314 ީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

އަދި ތިން މީހަކު އެ ބަލީގައި ނިޔާވެފައިވެއެެވެ.

ބ.އަތޮޅުގައި މިހާރު މޮނިޓަރިން ހާލަތުގައި އޮތީ ހަމައެކަނި ކެންދޫ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top