ކަނޑުމަސް ޓަނަކުން 500ރ ބޮޑުކޮށްފި

tuna-1.jpg

ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން މަސް ޓަނަކުން 500ރ. އަގު ބޮޑުކޮށްފައި ވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީ ވިދާޅުވެއްޖެއެވެ.

މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގައި ބާނާ މަހުގެ އަގު ވަރަށްބޮޑަށް ދަށްވެފައި ވާކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން އެކަމުގެ ޝަކުވާ ތައްވެސް މިނިސްޓްރީއަށް ހުށައަޅަމުން ގެންދާކަމަށެވެ. އެހެންކަމުން ކަމާބެހޭ ކުންފުނިތަކާއެކު ބޯޑުގެ ބައްދަލުވުމެއް ބާއްވައި، މަސް ކިލޯއަކުން 50 ލާރި ބޮޑުކުރަން ނިންމެވީ ކަމަށެވެ.

“ދުވަސްކޮޅެއް ވެއްޖެ އަޅުގަނޑުމެންގެ ކުންފުނި ތަކަށްވެސް މަސް ނުލިބޭތާ. އެއްގޮތަކަށްވެސް މަހުގެ އަގު ބޭރު މާކެޓްގައި މައްޗަށް ދިޔައީކީއެއް ނޫން. އެހެންވެ މަސްވެރިންނަށް ހިތްވަރު ދިނުމަށް ކުންފުނިތަކާ މަޝްވަރާ ކޮށްލުމަށްފަހު މިވަނީ މަހުގެ އަގަށް ބަދަލެއް ގެންނަން ނިންމާފައި،” މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން “ބެޔަސް ނުބެޔަސް” ޕްރޮޤްރާމްގެ ދަށުން ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނެކަމަށް މީގެކުރިން ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ. އަނެއްކޮޅުން މަސް އާލާކުރުމަށް އަޅާފައިވާ ކަނދުފަތިތައް އާކޮށް، މަރާމާތުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top