ޤުރްއާނުން ހިތުދަސްކުރާ ކޮންމެ ފޮތަކަށް 500ރ

438169446_832163508939412_308787959681861596_n.jpg

”ލާމަސީލު ހިފުޒް ޕްރޮގްރާމް” ގެ ނަމުގައި ލ. އަތޮޅުން ކައުންސިލުން “ކީރިތި ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި، ބައިވެރިން ދަސްކުރާ ކޮންމެ ފޮތަކަށް 500ރ. ދޭން ނިންމައިފި އެވެ.

ލ. އަތޮޅު ކައުންސިލާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ އެއަތޮޅުގައި ޙާފިޡުން އުފެއްދުމަށާއި، ކީރިތި ޤުރުއާން ހިތުން ދަސްކުރުމަށް ބާރު އެޅުމުގެ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

”ލާމަސީލު ހިފުޒް ޕްރޮގްރާމް“ ގައި ބައިވެރިވެވޭނީ 6 އަހަރުން މަތީގެ ހަމައެކަނި ލާމު އަތޮޅުގެ ރައްޔިތުންނަށެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ބެލެނިވެރިންނާއެކު ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top