ބ.އަތޮޅުގެ ތިން ފަޅުރަށް ވަރުވާއަށް ދޫކުރަނި

maldives-islands-aerial-photo-baa-atoll.jpg

ބ.އަތޮޅު

ބ.ކެޔޮދޫއާއި މަދިރިވާދޫ އަދި ގެމެންދޫ ވަރުވާއަށް ދޫކުރަން ނިންމަވައިފިއެވެ.

މިނިސްޓްރީއޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރ އިން ތިން ރަށް ވަރުވާއަށް ދޫކުރަން ނިންމިކަން އިއުލާން ކޮށްފައިވަނީ މިއަދުއެވެ.

އެ އިއުލާނުގައިވާ ގޮތުން ވަރުވާއަށް ހިފަން ބޭނުންވާފަރާތްތަކަށް ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.  ބިޑް ފޯމެއްގެ އަގަކީ 20 ރ. އެވެ.

މިކަމުގެ މައުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުމާއި ބިޑް ހުށަހެޅުން އޮންނާނެ ދުވަސްތައް ފަހުން އިއުލާންކުރެވޭނެކަމަސް އިއުލާނުގައި ބުނެފައިވެއެވެ.

ބ.އަތޮޅުގެ މި ތިން ރަށާއެކު ޖުމްލަ 65 ފަޅުރަށް އެކި އަތޮޅުތަކުން ވަރުވާއަށް ދޫކުރަން ނިންމާފައިވާ ކަން އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.

ބ. އަތޮޅުގެ 20 ފަޅުރަށް މިދިޔަ އަހަރުވެސް ވަރުވާއަށް ދޫކުރުމަށް ހުޅުވާލި އެވެ. ނަމަވެސް އެރަށްތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ރަށްތަކެއް ހިމެނޭތީ އޭގެ ތެރެއިން ބައެއް ރަށްރަށް ބީލަން އުސޫލުން ވަރުވާ އަށް ދޫނުކުރަން ފިޝަރީޒް މިނިސްޓްރީން ފަހުން ވަނީ ނިންމަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top