ބަންގިއާ ޤަމަތާދެމެދު ހޭދަކުރަންވީ ވަގުތުގެ މިންވަރު ކަނޑައަޅައިފި

10455921_682219361828048_5831251695069964068_n.jpg

އޭދަފުށީ ބޮޑުމިސްކިތް

އިސްލާމިކް މިނިސްޓްރީ އަށް ފެނިވަޑައިގަންނަވާ ގޮތަށް ބަންގިއާއި ގަމަތާދެމެދު ހޭދަކުރަން ޖެހޭ ވަގުތުގެ މިންވަރު ކަނޑައަޅައި ސަރލިއުލަރއެއް ނެރެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ސޮއި ކުރައްވާ މިދިޔަ ހޯމަ ދުވަހު ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިދީ ގަމަތް ދިނުމާއި ދެމެދު ހޭދަކުރާ ވަގުތު އެއް މިންވަރެއްގައި ހިފެހެއްޓުމަށް ވަކި ގޮތަކަށް އަމަލު ކުރަން އަންގާ ކަމަށެވެ.

މި ސަރކިއުލަރގައިވާ ގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ޤަމަތާއި ދެމެދު ހޭދަ ކުރަންޖެހެނީ ހަތް މިނިޓެވެ. ފަތިސް ނަމާދު ފިޔަވައި، އެހެނިހެން ނަމާދުތަކުގައި ބަންގިއާއި ގަމަތާ ދެމެދު ހޭދަ ކުރަންޖެހެނީ ފަސް މިނިޓެވެ.

އެ މިނިސްޓްރީން ވަނީ މިކަން މިސްކިތްތަކުގެ އިމާމުންނަށް އަންގާ ސޮއި ކުރުވުމަށް އެދިފައި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަދި މިގޮތަށް އަމަލު ކުރަން ޖެހެނީ އަތޮޅުތެރޭގައި އެކަންޏެވެ. މާލޭގައި މިގޮތަށް އަމަލު ކުރާކަށް ނުޖެހެއެވެ.

އިސްލާމިކް މިނިސްޓްރީގެ ނިންމުމާ ގުޅިގެން އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ފޭސްބުކްގައި ވިދާޅުވީ، ރަވާތިބު ސުންނަތުގެ ހަތަރު ރަކުޢަތް ކުރާ ނަމާދުތަކުގައި ފަސް މިނިޓު ތެރޭގައި ހަތަރު ރަކުޢަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމުން، އެ ގަވައިދަކީ ރަވާތިބު ސުންނަތް ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

“ދީނުގެ މިފަދަ ކަންކަމުގައި ގޮތް ނިންމާ އިރު މަޝްވަރާ އަހަންޖެހޭ ފަރާތްތަކުގެ އަނގަ ބަންދު ކުރުވަން ނޫޅެ، އެ ފަރާތްތަކާ މަޝްވަރާ ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލަން،” ޑރ. އިޔާޒް ވިދާޅުެފައިވެއެވެ.

އަލުކަމާ ބެހޭ ކަންކަމުގައިވެސް މާލޭގެ މިސްކިތްތަކަށް ވަކި އުސޫލު ތަކެއް އަދި ، އަތޮޅުތެރޭގެ މިސްކިތްތަކަށް ވަކިއުސޫލުތަކެއް ގެންގުޅުމަކީ އެކަން އޮންނަންޖެހޭނެ ގޮތް ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top