އިންޓަރރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީއެސްއެމްއައިސީ ހޯދައިފި

DSC_1250.jpg

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ކުރިއަށް ގެންދިޔަ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދުސިތު ތާނީ މޯލްޑިވްސް ބަލިކުރުމަށް ފަހު ޓީއެސްއެމްއައިސީ ހޯދައިފިއެވެ. މި ޓީމް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ން ދެޓީމްވެސް އެއްވަރު ވެފައިވާތީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުގެ ވެސް ނަތީޖާ އެއްވަރު ވެފައިވާތީ ޕެނަލްޓީ ޖަހައިގެން 0-3 ން މެޗް ކާމިޔާބު ކުރީ ޓީ.އެސްް.އެމް.އައި.ސީއެވެ. ދުސިތް އިން ޖެހި 3 ޕެނަލްޓީ ވެސް ވަނީ ޓީ.އެސް.އެމް.އައި.ސީގެ ތަޖްރިބާކާރު ގޯލްކީޕަރ އަބްދުﷲ ޒިޔަޒަން ދިފާޢުކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރ އަކަށް ހޮވިފައިވަނީ ދުސިތް ތަނީ މޯލްޑިވްސް ގެ އަހުމަދު ސިނާންއެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަސް ހޮވިފައިވަނީ ޓީ.އެސް.އެމް.އައި.ސީގެ މުހައްމަދު ތޯރިގެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ދުސިތް ތާނީ މޯލްޑިވްސްގެއަހުމަދު ލަތީފްއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑް ގެ މަގާމް ލިބިފައިވަނީ ދުސިތް ތާނީގެއިޝާން އިބްރާހިމްއަށެވެ.

މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ދުސިތް ތާނީ މޯލްޑިވްސްގެ އިޝާން އިބްރާހިމްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދުސިތް ތާނީ މޯލްޑިވްސްގެ ޖާޒީ ނަންބަރު 10 އަހުމަދު ލަތީފްއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީ.އެސް.އެމް.އައި.ސީގެ ކޯޗް ނިޒާމްއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top