މުއިއްޒަށް ތާއީދާއި ހިތްވަރު ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

111086_3_5b987abc835ea8562ceaff2a353da16a3cab5eae_medium.jpg

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީނުގެ އިސްވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު, ޔާމީނާ ބައްދަލުކުރެއްވުމަށްފަހު, ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒަށް އިތުރު ތާއީދުދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.

“މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަންކުރަން ހެޔޮ ފުރުސަތެއް،” ރައީސް ޔާމީނާ ހަވާލާދީ ޖަމީލު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 84،805 ވޯޓެވެ. އެއީ 39.04 ޕަސެންޓެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100,342 ވޯޓެވެ. އެއީ 46.19 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް އެއްވެސް ޕާޓީއަކުން ކޯލިޝަން ހެދުމާ މެދު އަދި އެއްވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެހެންވެ، މި މަހު 30 ގައި އޮންނަ ދެވަނަ ބުރެއްގައި ވާދަކުރައްވާނީ އެ ދެ ކެންޑިޑޭޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top