އޭދަފުށިން ތަފާތުބޮޑުކޮށް ކުރިހޯއްދެވީ ޑރ.މުއިއްޒު

111.jpg

މިއަދު ބޭއްވި ރިޔާސީ އިންޚާބުގައި ބ. އޭދަފުށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އޭދަފުށީގައި ބެހެއްޓި ތިން ވޯޓު ފޮށިންވެސް ތަފާތު ބޮޑުކޮށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރި ހޯއްދަވައިފި އެވެ.

އޭދަފުށީން ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުއިއްޒުއަށް 874 ވޯޓު ލިބިވަަޑައިގެންފައިވާ އިރު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 473 ވޯޓެވެ.

އޭދަފުށީގެ ވޯޓު ފޮށިތަކުގެ ތަފްސީލަށް ބަލާއިރު އޭދަފުށީ މަލްޓި ޕާޕަސް ބިލްޑިންގ ހޯލްގެ އެއް ނަންބަރު ވޯޓު ފޮށިން ޑރ. މުއިއްޒު 281 ވޯޓު ހޯއްދަވާފައި ވެއެވެ. މިފޮށިން ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 117 ވޯޓެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ނަންބަރު ވޯޓު ފޮށިން ޑރ. މުއިއްޒު، 271 ވޯޓު ހޯއްދަވާފައިވާއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 169 ވޯޓެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައި ހުރި އޭދަފުށީގެ 3ނަންބަރު ވޯޓު ފޮށިން ޑރ. މުއިއްޒުވަނީ 322 ހޯއްދަވާފައެވެ. މިފޮށިން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 187 ވޯޓެވެ.

މިއިންތިޚާބަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތަފްސީލު ނަތީޖާ މިވަނީއެވެ.

ރިޔާސީ އންތިޚާބުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެއް ނަންބަރު ވޯޓްފޮށީގެ ނަތީޖާ:

އުމަރު: 6
ޒަމީލް: 0
ސޯލިހް: 169
މުއިއްޒު: 271
ގާސިމް: 4
ފާރިސް: 4
އިލްޔާސް: 22
ނާޒިމް: 0
ބާތިލް: 11

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ނަންބަރު ވޯޓްފޮށީގެ ނަތީޖާ:

އުމަރު: 05
ޒަމީލް: 3
ސޯލިހް: 187
މުއިއްޒު: 322
ގާސިމް: 3
ފާރިސް: 1
އިލްޔާސް: 29
ނާޒިމް: 1
ބާތިލް: 14

މަލްޓިޕާޕަސް ހޯލުގައި ބެހެއްޓި ވޯޓްފޮށީގެ ނަތީޖާ:

އުމަރު: 12
ޒަމީލް: 0
ސޯލިހް: 117
މުއިއްޒު: 281
ގާސިމް: 9
ފާރިސް: 5
އިލްޔާސް: 26
ނާޒިމް: 0
ބާތިލް: 12

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top