ކޮރޯނާ ވައިރަސް، ވައިގެ ތެރޭގައި ފެތުރޭ: ސައިންސް ވެރިން .

Coronavirus-1-e1584189327558.jpg

ކޮރޯނާ ވައިރަސް ،ވައިގެ ޒަރިއްޔާ އިން ފެތުރޭ ކަމަށް ސައިންސް ވެރިން ބުނެފއިވާކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފިއެވެ.

އެނޫހުން އިތުރަސް ބުނެފައިވަނީ ވައިގެ ޒަރިއްޔާއިން ކޮރޯނާ ވައިރަސް ފެތުރޭ ކަމުގެ ހެކި އެބަހުރި ކަމަށާއި ވައިރަސް ފެތުރުން ހުއްޓުވުމާ ބެހޭ ގޮތުން ދޭ އިރުޝާދުތައް ބަދަލު ކުރަން ޖެހޭ ކަމަށް 239 ސައިންސުވެރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ގައިޑްލައިންސް ގައިވާ ގޮތުން ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ކޮންމެވެސް ވަރަކަށް ފެތުރުނު ނަމަވެސް ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ނުކުންނަ ދަވަ އެހެން މީހަކަށް ވާސިލު ވުމުންނެވެ. އަދި ވައިގެ ތެރޭގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އާ ފިޔަވަޅުތައް އެޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެފަދަ ފިޔަވަޅު އެޅި ނަމަވެސް ވައިރަސް ފެތުރުން ހުއްޓުވުމުގައި މާބޮޑު ތަފާތެއް ނާންނާނެ ކަމަށް ސިއްހަތު ޖަމްއިއްޔާއިން ވަނީ ބުނެފަ އެވެ.

ސައިންސުވެރިން ޑަބްލިޔުއެޗްއޯއަށް ފޮނުވާ ސިޓީގައިވާ ގޮތުން ވައިރަސް ކްލަސްޓާތަކުން ލިބެމުންދާ މައުލޫމާތުން ދޭހަވާ ގޮތުގައި ވައިރަސް ވައިގެ ތެރެއިން ފެތުރުމުގެ ނުރައްކާ ޑަބްލިޔުއެޗްއޯއިން ބުނާ ވަރަށް ވުރެ ބޮޑެވެ.

ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭކަން ސާބިތުވެއްޖެ ނަމަ ކަމާ ބެހޭ މާހިރުން ވަނީ ގެއިން ބޭރުގައި އުޅޭ އިރު، ސްކޫލުތަކާއި އޮފީސްތަކާއި ވިޔަފާރި ކުރާ ތަންތަނުގައިވެސް އަބަދުވެސް މާސްކު އަޅައިގެން ތިބުމަށް ލަފާ ދީފަ އެވެ. އަދި ބަންދުވެފައިވާ ތަންތަނުގައި ވައި ދައުރު ކުރާ ގޮތަށް ހެދުން މުހިއްމުކަން ފާހަގަކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top