އިންޑިޔާ މެއިޑަކު ކުޑަކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް އާންމުވެއްޖެ

ކލކ.jpg

މާލޭގެ ގެއެއްގައި ގެންގުޅޭ އިންޑިއާ މެއިޑަކު އެގޭ ތުއްތުކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

މިވީޑިއޯއިން ، އަންހެން މީހާ ތުއްތު ކުއްޖާ ނިންދަވަން އުނގުމަތީގައި ބާއްވައިގެން ބާލީސް ތަޅުވަން އިނދެފައި ކުއްލިއަކަށް ކުއްޖާގެ މޫނު މަތީގައި ތަޅައިގަންނަ ތަން ފެނެއެވެ. ވިދިވިދިގެން އެތައް ފަހަރަކު ޖަހާފައި ކުއްޖާއާ ދިމާއަށް ރަނގަޅަށް ބަލާލާ ތަން ވެސް ފެނެއެވެ. ފެންނަ ގޮތުގައި ވީޑިއޯ ނަގާފައި ވަނީ ބޭބީ މޮނީޓާ އެއް ނުވަތަ ސްޕައި ކެމެރާއަކުން ނެވެ.

ފުލުހުން ބުނީ އޮކްޓޯބަރު 24 ވަނަ ދުވަހު ކުޑަކުއްޖާއަށް އަނިޔާާކުރި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އާ ގުޅިގެން 22 އަހަރުގެ އިންޑިއާ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް، އޮކްްޓޯބަރު 25 ވަނަ ދުވަހު އެކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top