ރަށު ޓޫރިޒަމް ތަރައްގީ ކޮށްފައިވާ ރަށްރަށަށް ދިން އެވޯޑު، މާޅޮހާއި ފެހެންދޫއަށް

DSCN2186.jpg

ފެހެންދޫ _އީވީ ފައިލް ފޮޓޯ

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބޭއްވި ރަށު ޓޫރިޒަމް ތަރައްގީ ކޮށްފައިވާ ރަށްރަށަށް ދިން ހާއްސަ އެވޯޑް ބ.ފެހެންދޫ އަށާއި މާޅޮހަށް ލިބިއްޖެއެވެ.

މާޅޮހުން މި އެވޯޑް ލިބިފައިވަނީ ލީޑިން އިކޯ އައިލެންޑް އަށެވެ. ފެހެންދޫން ލިބިފައިވަނީ، ލީޑިން އޮތެންޓިކް ނޭޗާ އައިލެންޑް އަށެވެ. މި ދެރަށަކީ ބ.އަތޮޅުގައި އެންމެ ފުޅާ ދާއިރާ އެއްގައި ގެސްޓް ހައުސްވިޔަފާރި ހިންގާ ދެރަށެވެ. މިދެރަށުގެ އިތުރުން 7 ރަށަކަށް މި އެވޯޑު ލިބފައި ވެއެވެ.

ގެސްޓްހައުސް ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާއިން މި އެވޯޑު ދީފައިވަނީ ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމް ތަރައްގީވެފައިވާ ރަށްރަށަށް އެކަންޏެވެ.

ހުޅުމާލޭގައި ރޭ މިކަމަށް ހާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި ބޭއްވި މި އެވޯޑުތައް ހަވާލުކޮށް ދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު ހުސެއިން ނިޔާޒާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ގެ އިތުރުން އެމްއެމްޕީއާރުސީގެ ޑިރެކްޓަރު ފާތުމަތު ރާހިލް އެވެ.

ގޭމުން ބުނެފައިވާ ގޮތުގައި އެވޯޑު ދިނުމުގައި ބަލާފައިވާނީ ޓްރިޕް އެޑްވައިޒާއިން ދީފައިވާ ރޭންކިން އަށެވެ. އަދި އަންނަ އަހަރު މި އެވޯޑުގައި އާއްމުންގެ ހިޔާލަށް ވެސް ހުޅުވާލާނެ އެވެ. މިއީ ގޭމުން މިފަދަ އެވޯޑެއް ދިން ފުރަތަމަ ފަހަރެވެ.

ޓުރިޒަމް ދުވަހުގެ މުނާސަބަތުގައި ގޭމް އާއި އެޗްޑީސީ ގުޅިގެން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިއްޔެ 18 ހަރަކާތެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މޫދު ކުޅިވަރާއި ޑައިވިން އަދި ކެއުމުގެ ބައެއް ބާވަތްތަކުގެ ރަހަ ދެއްކުން ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top