ފައިނަލްބުރުގެ މެޗްތައް އޭދަފުށީގައި ބޭއްވޭ ގޮތެއްނުވި

DSCN2642.jpg

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުމެޗްތައް ބޭއްވުމަށް އޭދަފުށިން ޕްރޮޕޯޒަލް ހުށަހެޅިނަމަވެސް އެ ފުރުސަތު އޭދަފުށްޓަށް ނުލިބި ފައިނަލް ބުރުގެ މެޗްތައް ކުޅުދުއްފުށްޓާ  ގދ. ތިނަދޫގައި ބާއްވާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން ނިންމަވައިފިއެވެ.

އެފްއޭއެމުން ބުނީ ޕްރޮޕޯސަލް ހުށަހެޅި ހަ ރަށް ކަމަށްވާ ހދ.ކުޅުދުއްފުއްޓާ ބ.އޭދަފުށީގެ އިތުރުން ދ.ކުޑަހުވަދޫ ، ތ.ތިމަރަފުށި އަދި ގދ.ތިނަދޫ އާއި ސ.ފޭދޫގެ ހުށަހެޅުންތަކަށް ބަލާއިރު ދަނޑާއި އެހެނިހެން ވަސީލަތް އެންމެ ރަނގަޅު އަދި ޖުމްލަކޮށް އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވަނީ ފައިނަލް ބުރު ބޭއްވުމަށް ނިންމި ދެ ރަށުން ކަމަށެވެ.

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް އެފްއޭއެމުން ކުރިން ޝެޑިއުލްކުރި ފައިނަލް ބުރު މިހާރު ވަނީ ޖުލައި 5 އިން 18 އަށް ބަދަލުކޮށްފައެވެ.

ފައިނަލް ބުރުގައި ތިނަދޫގައި ވާދަ ކުރާނީ އަށް ޗެމްޕިނުންގެ ތެރެއިން ދެކުނަށް ނިސްބަތްވާ ހަތަރު ޗެމްޕިއަނުންނެވެ. އެއީ ދ.ކުޑަހުވަދޫ އާއި ތ.ތިމަރަފުށި އަދި ތިނަދޫގެ އިތުރުން ސ.ފޭދޫ އެވެ.

ހދ.ކުޅުދުއްފުށީގައި ވާދަ ކުރާނީ އުތުރުގެ ހަތަރު ޗެމްޕިއަނުންކަމަށްވާ މާޅޮހާއި މިލަންދޫގެ އިތުރުން އޭދަފުއްޓާ ކުޅުދުއްފުއްޓެވެ.

ފުޓްބޯޅައިގެ އޮނިގަނޑަށް އެފްއޭއެމުން މިއަހަރު ގެނައި ބަދަލާއެކު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު މިއަހަރުގެ ޕުރިމިއާ ލީގުގައި ވާދަކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top