ބ. އަތޮޅުން މިދިޔަ މަހު ގްރީން ފަންޑަށް 7.1 މިލިއަން ރުފިޔާ

Tourist.jpeg

ބ.އަތޮޅުން ގްރީން ފަންޑަށް މިދިޔަ މަހު 7.1 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި މި ރިޕޯޓުގައިވާ ގޮތުން ފާއިތުވި މޭމަހު މިފަންޑަށް ގްރީން ޓެކްސްގެ ގޮތުގައި 96,586,761 ރުފިޔާ ދައްކާފައިވެ އެވެ.

ރިޕޯޓުން ދައްކާގޮތުން ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ހޮޓެލްތަކުން 1.04 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގެސްޓްހައުސް ތަކުން 2.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ލިވްއަބޯޑް އުޅަނދުތަކުން 2.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ދެއްކީ ކ. އަތޮޅުންނެވެ. އެގޮތުން މާލެއިން ޖުމްލަ 796،571 ރުފިޔާ ދައްކާފައިވާ އިރު، އަތޮޅުގެ އެހެން ރަށްތަކުން ޖުމްލަ 30 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މި ލިސްޓުގައި ދެން އެންމެ ކުރީގައި އުޅޭ އދ. އަތޮޅުން 10.1 މިިލިއަން ދެއްކި އިރު، ރ. އަތޮޅުން 7.2 މިލިއަން އަދި ބ. އަތޮޅުން 7.1 މިލިއަން ވަނީ ދައްކައިފައެވެ. މި ލިސްޓުގައި އެންމަ މަދުން ގްރީން ޓެކްސް ދެއްކީ ފުވައްމުލަކު ސިޓީންނެވެ. ފުވައްމުލަކުން ދައްކާފައި ވަނީ 69,684 ރުފިޔާއެވެ.

މެއި މަހު ގްރީން ފަންޑުން ހަރަދުކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ބަނދަރުގެ މަޝްރޫއުތައް ފަދަ މުހިންމު މަޝްރޫއުތަކެއް ހިމެނޭހެން ޖުމްލަ 44 މަޝްރޫއަކަށް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. މި 44 މަޝްރޫއަށް 36.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނައަހަރު އެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top